ރާއްޖެ ކުޅިވަރު

ރައީސް ވަހީދު ސްވިމިން ޓްރެކަށް "މީ ސްވިމިން ކޮމިޔުނިޓީއަށް ލިބުނު ޝަރަފެއް"

Aug 25, 2016

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ސްވިމިން ޓްރެކަށް ވަޑައިގެން ރާއްޖޭގެ އެއް ވަނަ އަންހެން ފެތުންތެރިޔާ އާމިނަތު ސަޖަންއާ އެކު ޓްރޭން ކުރެއްވުމަކީ މުޅި ސްވިމިން ކޮމިޔުނިޓީއަށް ލިބުނު ޝަރަފެއް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފިއެވެ.

އަވަސް އާ ވާހަކަ ދައްކަވަމުން ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ ރައީސްކަން ކުރެއްވުމުގެ އިތުރަށް ރައީސް ވަހީދަކީ ރާއްޖޭގެ ވަރަށް ޝަރަފުވެރި ބޭފުޅެއް ކަމަށާއި އެފަދަ ބޭފުޅަކު ވަޑައިގެން ޓްރެކަށް އެެރިވަޑައިގެން ޓްރެއިން ކުރެއްވުމަކީ މުޅި ސްވިމިން ކޮމިޔުނިޓީއަށް ލިބުނު ޝަރަފެއް ކަމަށެވެ.

"މިތަނަކީ ރާއްޖޭގެ ހުރީހާ ފެތުންތެރިން ޓްރޭން ވަމުން އަންނަ ތަން އެފަދަ ބޭފުޅަކު ވަޑައިގެން ސްވިމިން ޓްރެކްގައި ޓްރޭން ކުރެއްވުމަކީ ވަރަށް ހާއްސަ އުފަލެއް އިހްސާސް ކުރެވޭ ކަމެއް،" އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭފައި ފުޅާ ދާއިރާއެއްފައި ކުޅޭ އެހެން ކުޅިވަރުތައްވެސް ހުރިއިރު ސްވިިމިންއަށް މި ފުރުސަތު ލިބުމަކީ، ސްވިމިން އަށް ލިބުނު ކުރިއެރުމެއްކަން ސްވިމިން އެސޯސިއޭޝަނުން ފަހަގަ ކުރާ ކަމަށެވެ.