ރާއްޖެ ކުޅިވަރު

ހާއްސަ މެޗްގައި ކުޅުމަށް އަޔާލާ ރާއްޖެ އަތުވެއްޖެ

Aug 26, 2016
1

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމާ ދެކޮޅަށް މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗްގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގައި ކުޅުމަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ ފަބިއަން އަޔާލާ މާލެ އަތުވެއްޖެއެވެ.

އަޔާލާ މާލެ އައިސްފައިވަނީ މިއަދުއެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާ ޕޯޓުން އަޔަލާއަށް މަރުހަބާ ވިދާޅުވީ އެފްއޭމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އާއި އެފްއޭއެމްގެ އިސްވެރިންނެވެ.

އެގްޒިބިޝަން މެޗްގައި އަޔާލާ ފުރަތަމަ 11 ގައި ކުޅޭނެ ކަމެއް އެފްއޭއެމް އިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް ވިދާޅުވީ "މެޗް ގެ ކޮންމެވެސް ހިސާބަކުން އަޔާލާ ފެންނާނެ" ކަމަށެވެ.

އެފްއޭއެމް އިން ވަނީ އެ މެޗަށް އައުމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒްއަށް ދައުވަތު ދީފަ އެވެ. ނަމަވެސް މެޗްގައި ކުޅުމުގެ ހުއްދަ ނުލިބޭތީ ޒަވީ ދަނޑުމަތިން ނުފެންނާނެ ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

އެ މެޗްގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމަށް އިރުޝާދު ދޭނީ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިން ކޯޗް ސޮލަވާކިއާގެ ޖޯސެފް ޔަންކޭޒްއެވެ. އެފްއޭއެމް އިން ވަނީ ޔަންކޭޒްއަށް ވެސް އެމެޗަށް އައުމަށް ދައުވަތު ދީފަ އެވެ.

އެ މެޗްގައި ސަޕޯޓް ކުރުމަށް މިނިވަން ޗެމްޕިއަންޝިޕްގައި ހދ. ކުޅުދުއްފުށީ ޓީމަށް އާދަޔާ ހިލާފް ސަޕޯޓެއް ދިން ކުޅުދުފުށީ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް މާލެ ގެނައުމަށް އެފްއޭއެމްއިން ވަނީ ހަމަޖައްސާފައެވެ.