ތ. ވިލުފުށީގައި މޫދަށް އެރިއުޅުނު ދެ އަންހެނަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ މިދިއަ ހޮނިހިރު ދުވަހު މޫދަށް އެރިއުޅުނު ދެ އަންހެނަކު އޮޔާ ދަނިކޮށް އެ ދެ އަންހެނުން ސަލާމަތްކުރީ ދެ ފުލުހަކު ވެގެން ކަމަށެވެ. ދެ އަންހެނުން ސަލާމަތްކޮށްކުރީ ވިލުފުށީ ބަނދަރުގައި އޮތް ދޯންޏެއްގައި ގޮސް މޫދަށް އެރިގެން ކަމަށާއި ފުލުހުން އެ ސަރަޙައްދަށް ދިޔައިރު ދެ އަންހެނުން ތިބީ ސީބެޑެއްގައި އެލިގެން ކަމަށެވެ.
މޫދަށްއެރިއުޅެނިކޮށް އޮޔާދިޔަ ދެ އަންހެނުން ސަލާމަތްކުރީ ކޯޕްރަލް އިބްރާހީމް ނަދީމާއި ޕޮލިސް ކޯޕްރަލް ޢީސާ މިޒުހަތެވެ.