ބޮލީވުޑް

ޖަލަކްގެ ކްރޫއަށް ޖެކްލީން އުނދަގުލަކަށް ވެއްޖެ!

Aug 27, 2016
2

ބޮލީވުޑްގެ މަޝްހޫރު ސްރީ ލަންކާގެ ރީތީގެ ރާނީ ޖެކްލީނާ ފާނެންޑޭޒް މިހާރު އަންނަނީ ކަލާސް ޗެނަލުން ދައްކާ ސެލެބްރިޓީ ޑާންސް ޝޯ ޖަލަކް ދިކްލާޖާ" ގެ ނުވަވަނަ ސީޒަންގެ ޖަޖެއްގެ ގޮތުން ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު އާއި ކޮރިއޮގްރާފާ ގަނޭޝް ހެޖް އާއެކު ބައިވެރިވަމުންނެވެ.

ކޮންމެ އަހަރެއްގެ ސީޒަނުގައިވެސް ސެލެބްރިޓީ ޖަޖެއް މިޝޯގައި ބައިވެރިވަމުން އަންނައިރު، ޖެކްލީން ނުވަވަނަ ސީޒަނުގައި ބައިވެރިކުރަން މިޝޯ އުފައްދާ ފަރާތުން ނިންމީ، ނިމިގެން ދިޔަ ސީޒަނުގެ ޖަޖެއްގެ ގޮތުގައި ޝާހިދު ކަޕޫރު ފެނިގެންދިޔަ ނަމަވެސް މާއެދެވޭ ޓީއާރްޕީއެއް މިޝޯއަށް ލިބިފައިނުވާތީ އެވެ.

އެގޮތުން ސަކަ މިޒާޖުގެ ޖެކްލީން އާއެކު މިޝޯ އިތުރަށް ފޯރިގަދަވެގެންދާނެ ކަމަށް ބެލެވުނު ނަމަވެސް މިދިޔަ މަހުގެ މެދެތެރޭގައި ފެށުނު އާ ސިޒަނާއެކު އޭނާ މިޝޯގެ ކްރޫއިންނަށް ވެގެން ގޮސްފައިވަނީ ބޮޑު އުނދަގުލަކަށެވެ.

"ޖަލަކް ދިކްލާޖާ" އަކީ ޖެކްލީން ޓީވީއެއްގެ ޖަޖެއްގެ ގޮތުންނާއި ޓީވީ ޝޯއަކުން ފެނިގެންދާ ފުރަތަމަ ފަހަރަށްވީއުރު، އޭނާވެސް ހަމަޔަގީނުންވެސް އުންމީދުކުރާނީ މިޝޯގެ ނުވަވަނަ ސީޒަނަކީ އެންމެ ފުރިހަމަ ޝޯ އަށް ވުމެވެ.

ނަމަވެސް މިޝޯގެ ޝޫޓިން ކުރިއަށްދާ ވަގުތު ޝޫޓިންގެ ތެރެއިން ޖެކްލީން ދެތިން ގަޑިއިރުގެ ވަރަށް ގިނަ ބްރޭކްތައް ނަގަމުން އަންނަ ކަމަށްވާއިރު، އޭނާ ނަގާ ދިގު ބްރޭކްތަކުގެ ސަބަބުން ޝޯގެ މަންޒަރުތައް ނެގުމަށް ކްރޫއިންނަށް އަންނަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ. އެގޮތުން ކްރޫ މެމްބަރުން ކަނޑައަޅާފައި އޮންނަ ވަގުތަށް ވުރެން ގިނައިރު ޝޫޓިންގައި ހަރަކާތްތެރިވާއިރު، ހެނދުނު ފެށޭ ޝޫޓިން ޖެކްއަލީން ނަގާ ދިގު ބްރޭކްތަކުގެ ސަބަބުން ރޭގަނޑުގެ ބޮޑު ބައެއް ދާއިރުވެސް ނުނެގޭ ކަމަށް ނޫސްތަކުގައިވެ އެވެ.

މިކަމާ ގުޅިގެން މިޝޯގެ ކްރޫއިން އޭނާ ދެކެ އިންތިހާއަށް ހިތްހަމަނުޖެހިފައިވާއިރު، ޝޯގެ ޕްރޮޑިއުސަރުންވެސް ތިބީ އޭނާއާ މެދު ވަރަށް ހިތްހަނުޖެހިފައި ކަމަށްވެ އެވެ. ސަބަބެއް ކަމަށްވަނީ ޝޯގެ ބައިވެރިން އެމީހުންގެ ޕާޓްނަރުންނާއެކު ހުށަހަޅާ ޕާފޯމަންސްތަކަށް އޭނާ މާކްސް ދެމުން އަންނަނީ ވަރަށް ނާއިންސާފުން ކަމަށް ވާތީ އެވެ. އެންމެ މޮޅަށް ނަށާ ބައިވެރިންނަށް ތައުރީފުކޮށް ދަށް މާކްސް މީހާތަނަށް ދީފައިވާއިރު، ރަނގަޅު ޕާފޯމެންސް ނުދެއްކޭ ބައިވެރިންނަށް އޭނާ އަންނަނީ ގިނަ މާކްސް ދެމުންނެވެ.

މީގެއިތުރުން ވެސް ބައެއް ބައިވެރިން ޖެކްއަލީން އާއެކު ނެށުމަށް ސްޓޭޖަށް އައުމަށް ކޮންމެ ޝޯއެއްގައި އެދުނު ނަމަވެސް އޭނާ އެކަމަށްވެސް އިންކާރުކުރެ އެވެ. އޭނާގެ ހަރަކާތްތަށް މިހާތަނަށް ހުރި ގޮތުން މިއަހަރުގެ ސީޒަނަށްވެސް މާއެދެވޭ ޓީއާރްޕީއެއް ލިބޭނެ ކަމަކަށް މިޝޯގެ ޕްރޮޑިއުސަރުން ނުދެކެ އެވެ.

އިއްޔެ ރިލީޒްވި "އަ ފްލައިން ޖެޓް" އާއެކު މިއަހަރުގެ މިހާތަނަށް ޖެކްލީންގެ ތިން ފިލްމެއް ވަނީ ރިލީޒްވެފަ އެވެ.