ހަބަރު

މާލޭ ސިޓީގެ މިސްކިތްތަކަށް އިމާމުން ހޯދަން އިއުލާންކޮށްފި

Feb 23, 2015

މާލޭ ސިޓީގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރާނެ އިމާމުން ހޯދަން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާލޭ ސިޓީގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދާއި ކޭތަ ނަމާދު ކުރަން ހުޅުވާލާފައިވާ ކަމަށާއި އެ ފަރާތްތަކަށް ނަމާދަކަށް 300ރ. ދޭނެ ކަމަށެވެ.

އިމާމު ކަމަށް ކުރިމަތިލާ ފަރާތްތަކަކީ އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރުމުގެ ދެ ވަނަ ދަރައިގެ ހުއްދަ އާއި ތަޖުރިބާ ލިބިފައިވާންޖެހެ އެވެ. ކުރިމަތިލާން ޖެހެނީ އަންނަ މާޗް މަހުގެ ނުވަނަ ދުވަހުގެ ކުރިންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން މާލޭގެ މިސްކިތްތަކުގެ އިމާމުން ވަނީ އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. މާލޭ ސިޓީގައި 34 މިސްކިތެއް ހުރެ އެވެ.