ދުނިޔެ

14.5 ބިލިއަން ޑޮލަރުގެ ޓެކްސް ދައްކަން އެޕަލްއަށް އަންގައިފި

Aug 31, 2016

އަޔަލެންޑުން މާފް ކޮށްދިން 14.5 ބިލިއަން ޑޮލަރުގެ ޓެކްސް ދެކުމަށް އެމެރިކާގެ އެޕަލް ކުންފުންޏަށް ޔޫރަޕިއަން ޔޫނިއަނުން އަންގައިފި އެވެ.

އެތައް އަހަރެންގެ މަތިން ދައްކަންޖެހޭ ފުލް ޓެކްސްއިން ބައެއް އަޔަލެންޑްގެ ޓެކްސް އިދާރާއިން ވަނީ ކޮންމެ ފަހަރަކު ވެސް އެޕަލްއަށް މާފުކޮށްދީފަ އެވެ. އީޔޫ އިން ބުނީ އަޔަލެންޑުން އަމަލު ކުރީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

"އަޔަލެންޑުން ވަނީ ޓެކްސްގެ ފައިދާގެ ގޮތުގައި އެޕަލްއަށް ލިބުނު އާންމުދަނީން ބައެއް، ގާނޫނުތަކާ ހިލާފަށް މާފްކޮށްދީފައި. މިކަމުގެ ސަބަބުން ގިނަ އަހަރުތަކެއް ވެންދެން އެޕަލްއިން ޓެކްސް ދައްކާފައިވަނީ އެހެން ވިޔަފާރިތަކަށް ވުރެ ކުޑަކޮށް،" އީޔޫގެ ގެ ވިޔާފަރިތައް ރެގިއުލޭޓްގެ ކޮމިޝަނާ މާގްރެތޭ ވެސްޓަގާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަޔަލެންޑްގެ ޓެކްސް ގާނުނުތައް ހުރި ގޮތުން ޓެކްސްއިން ސަލާމަތްވުމުގެ ފުރުސަތެއް އެޕަލްއަށް އަށް ނޯންނާނެ ކަމަށެވެ.

ޔޫރަޕްގެ މައި އިދާރާ ހުންނަ ބެލްޖިއަމްގެ ބުރަސަލްސް އިން ވަނީ 2014 ވަނަ އަހަރު އެޕަލްއިން އަޔަލެންޑަށް ޓެކްސް ކުޑަކޮށް ދައްކާ މައްސަލަ ތަހްގީގު ކުރަން ފަށާފައެވެ.

އީޔޫއިން ތުހުމަތު ކުރާ ގޮތުގައި އެޕަލްއިން މަސައްކަތްކޮށްފައިވަނީ ޓެކްސްއަށް މަކަރު ހެދުމަށެވެ.