ވިޔަފާރި

ގުޅިފަޅުގައި ބިދޭސީންނަށް ހާއްސަ ޕާކެއް ހަދަން ނިންމައިފި

Aug 31, 2016
1

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ދިރިއުޅޭނެ ރަނގަޅު މާހައުލެއް ގާއިމުކުރުމުގެ ގޮތުން ގުޅިފަޅުގައި ލޭބަ ޕާކެއް ހަދަން ނިންމައި އެ ތަން ހިންގާނެ ބަޔަކު ހޯދަން ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް (ޖީއައިއެލް) އިން އިއުލާންކޮށްފި އެވެ. އެ ކުންފުނިން ބުނީ މިގޮތަށް ނިންމީ ސަރުކާރުގެ އިސް ނެގުމަކަށް ކަމަށެވެ.

ޖީއައިއެލް އިން ބުނީ ގުޅީފަޅުގައި ތަރައްގީކުރާ ބިދޭސީން ލޭބަ ޕާކުގެ ތެރޭގައި މުވައްޒަފުން އުޅޭނެ އިމާރާތާއި ކައްކާ ތަނަކާއި މެސް ރޫމަކާއި މުނިފޫހިފިލުވަން ހާއްސަ ވަސީލަތްތައް ހުންނަން ވާނެ ކަމަށެވެ.

އަދި މި ޕާކް ހިންގަން ޖެހޭނީ ޖީއައިއެލް އިން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތަށެވެ. މިކަމަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު އަންނަ މަހުގެ 22 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ގުޅީފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޑިވެލޮޕްމަންޓް ފަންޑް އާ ހަވާލުކޮށްގެން ހިއްކި ރަށެކެވެ. ނަމަވެސް ފްލެޓްތައް ލަސްވުމާއިއެކު މަޝްރޫއު ކުރިއަށް ނުގެންދެވިގެން ސަރުކާރުވަނީ މިރަށް ވަނީ އަނބުރާ ނަގާފަ އެވެ.