ހަބަރު

ވިލާގެ ރަށްތައް ނެގުން ހުއްޓުވަން ނެރުނު އަމުރު ހައިކޯޓްުން ބާތިލުކޮށްފި

ޖޭޕީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ ވިލާގެ ރަށްތައް ނެގުން ހުއްޓުވަން ސިވިލް ކޯޓުން ނެރުނު އަމުރު ހައިކޯޓްުން މިއަދު ބާތިލުކޮށްލައިފި އެވެ. 

ގާސިމްގެ ވިލާ ހޮޓެލްސް އަށް ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިވާ ފަޅުތަކުގެ އެގްރީމެންޓް ބާތިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ނޯޓިސް އަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މިއަދު ހައިކޯޓުން ބާތިލު ކޮށްލި އިރު އެ އަމުރުގައި ބުނަނީ ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް ދައުވާކުރާ ފަރާތަށް ލިބިގެން ނުވާ ކަމަށް ދައުލަތުން ބުނި ނަމަވެސް ދެ ފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ މުއާމަލާތްތަކާއި ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މި މައްސަލާގައި ވިލާގެ ހައްގެއް އޮތުމުގެ އިހުތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތް ކަމަށެވެ.

ވިލާ އަށް ދީފައި ވަނީ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަރާއި ކ. ވާ،ވެއްދިއްފަޅު އަދި އެ ރަށްތަކާ ގުޅިގެން ކުއްޔަށް ދީފައިވާ ފަޅުތައް ކަމަށް ޓޫރިޒަމުން ކުރިން ބުނެފައި ވެ އެވެ.