ސިއްހަތު

ގަދައަށް ދާހިއްލާ ނަމަ ޑޮކްޓަރަށް ދާން ޖެހޭ

Sep 1, 2016
1

ކަންބޮޑުވެ ހާސްވުމަކީ ދާހިއްލަފާނެ ކަމެކެވެ. ހޫނުގަދަ ދުވަހެއްގެ އަސަރުކޮށް ގައިން ދާހިއްލައި މީހާ އެއްކޮށް ވަރުބަލި ވެސްކޮށްލަފާނެ އެވެ. އެކަމަކު ކޮންމެ ދުވަހަކީ ދަލުން ތަތްތެޅި ގަމީހާއި ލައިގެން ހުންނަ އިސްޓާކީނު ވެސް ދަލުން ފޯވާ ދުވަހެއް ނަމަ ތިޔަ އުޅެނީ ސިއްހީ ސީރިއަސް މައްސަލައެކެވެ. -- އެއަށް ކިޔަނީ ހައިޕާހިޑްރޯސިސް އެވެ.

އެހެންވީމަ މިހާލަތުގައި އެންމެ ރަނގަޅު ވާނީ ގައިން ހިއްލާ ދާ ފޮހޭނެ ފޮތިގަނޑެއް ހޯދުމުގެ ބަދަލުގައި ރަނގަޅު ޑޮކްޓަރަކު ހޯދައިގެން އެ މީހަކަށް ދެއްކިއްޔާ އެވެ. ގަދަ އަށް ދާހިއްލުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި އެކަން މާ ބޮޑު ކަމަކަށް ނަހަދައި ދޫކޮށްލައިގެން، އެގޮތުގެ މަތީގައި ދިރިއުޅޭކަށް ވެސް ނުޖެހެ އެވެ.

މިއީ ރަނގަޅުކުރެވިދާނެ ސިއްހީ މައްސަލައެކެވެ.

އެހެންވީމަ ޑޮކްޓަރަށް ދާންވީ ކޮންއިރަކުން ހެއްޔެވެ؟

ބަލި މިންވަރަކަށް ދާ ހިއްލާ މީހެއްކަން ދެނެގަންނާނީ ކިހިނެތް؟

  • ލައިގެން ހުންނަ ގަމީހާއި އިސްޓާކީނު ވެސް ދަލުން ފޯވުން
  • ކަސްރަތުގެ ވަގުތުތަކުގައި ނޫނަސް ގަދަ އަށް ދާހިއްލުން އަދި ފިނި މާހައުލުގައި ވެސް ދާ ހިއްލުން
  • ރޭގަނޑު ގަޑީގައި ދާހިއްލުން، ވަކިން ހާއްސަކޮށް ނިދީގައި ބެޓްޝީޓު ފޯވާ ވަރަށް ގައިން ދާހިއްލުން
  • ދާހިއްލުމުގެ އިތުރުން މޭގައި ރިއްސުމާއި ނޭވާކުރުވުން އަދި މަސައްކަތެއް ނުކޮށް ބަރުދަން ލުއިވުން

މިފަދަ އަލާމާތްތަކެއް ފެންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ އެންމެ ރަނގަޅު ގޮތެވެ. ހާއްސަ މީހަކަށް ދައްކާ ނަމަ ޑާމެޓޮލޮޖިސްޓަކަށް އެޕޮއިންޓްމަންޓް ހައްދާށެވެ.