ސިއްހަތު

ސްކްއަޓްސް: ހަމައެކަނި ބުޑުގެ ކަސްރަތެއް ނޫން

Sep 5, 2016

އާނއެކެވެ! ރީތި، ދުޅަހެޔޮ ބުޑަކަށް ވެސް އެންމެ ރަނގަޅު ކަސްރަތަކީ މިއީ އެވެ. އެކަމަކު މިއީ ހަމައެކަނި އަންހެނާގެ ބުޑުގެ ބައްޓަން ފުރިހަމަކޮށްދޭ އަޖާއިބުކުރުވަނިވި ކަސްރަތެއް ނޫނެވެ. -- ހަގީގަތަކީ ސްކްއަޓްސްގެ ފައިދާ މުޅި ހަށިގަނޑަށް ވެސް ކުރާ ކަމެވެ.

ހަފުތާއަކު ގަވާއިދުން ދެ ފަހަރު ނުވަތަ ތިން ފަހަރު މި ކަސްރަތެއް ދުވަސްގަނޑެއްވަންދެން ޖައްސާލިޔަސް އޭގެ އަރާމާއި ފަސޭހަ އިހްސާސްކުރެވެން ފަށާނެ އެވެ.

ބުޑުގެ މަސްތައް އެކަންޏެއް ނޫން!

އެކަމަކު ފުރަތަމަ އަމާޒަކީ އެއީ އެވެ. އެއަށް ފަހު ފައިގެ މަސްތައް ވަރުގަދަކޮށް ރީތިކޮށްދެ އެވެ. އެކަމަކު ގަވާއިދުން ސްކްއަޓްސް ހަދާ ނަމަ އޭގެ ފައިދާކުރަނީ ހަމައެކަނި ބުޑާއި ފައިގެ މަސްތަކަށް އެކަންޏެއް ނޫނެވެ. މި ކަސްރަތުގެ ގަދަފަދަކަމާ ހެދި އޭގެ އަސަރުނުކުރާ މަސްތަކެއް ހަށިގަނޑަކު ހަގީގަތުގައި ނެތެވެ.

ހަށިގަނޑުގެ ތިރީބަޔާއި މަތީގައި ޖަހާފައިވާ މަސްތައް ވެސް މި ކަސްރަތުން ވަރުގަދަކޮށް ނަލަކޮށްދެ އެވެ.

ސަރުބީ އަންދައި، ހިއްކައިދޭ

މަސްތައް ވަރުގަދަކޮށް ބާރުކޮށްލުމުގެ އިތުރުން މި ކަސްރަތަކީ ކެލޮރީސް އެންދުމަށް ވެސް މުހިންމު ކަސްރަތެކެވެ. ސަބަބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ކެލޮރީ އެންދުމަށް އޮތް އެންމެ މޮޅު ގޮތަކީ މަސް އިތުރުކޮށް ވަރުގަދަކުރުން ކަމުގައިވާތީ އެވެ.

ހަޖަމުގެ ނިޒާމަށް ވެސް ފަސޭހައެއް

ހަށިގަނޑުގައި ދައުރުވާ ދިޔާ މާއްދާތަކަށް މި ކަސްރަތުގެ ސަބަބުން ފަސޭހަ މަގެއް ކޮށައިދެ އެވެ. ބޭކާރު އަދި ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކޮށްލުމަށް އޭރަށް ފަސޭހަވެގެންދެ އެވެ.