ހަބަރު

ޖާނުން ފިދާވެގެން ސަރުކާރު ވައްޓާލާނެ ކަމަށް ބުނި، ޒަހުރާ ޕޮލިހަށް ހާޒިރުކޮށްފި

Feb 24, 2015
4

ޖާނުން ފިދާވެގެން ވެސް މިހާރު އޮތް ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ދިން، އެމްޑީޕީގެ އަންހެނުން ރޫހުގެ މެންބަރު ޒަހުރާ މޫސާ ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ފެބުރުއަރީ 17 ވަނަ ދުވަހުގެ ރޭ ސީގަލް ކަންމަތީ ބޭއްވި އެއްވުމުގައި އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން، ފުލުހުން ޒަހުރާ މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރީއިރު އޭނާގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި، ރައީސް ނަޝީދުގެ ކޮއްކޯފުޅު، ނާޒިމް ސައްތާރެވެ.

ފުލުހުން އޭނާއާ ސުވާލު ކުރި ނަމަވެސް، ޒަހުރާއާ ކުރީ ކޮން ސުވާލުތަކެއް ކަމެއް އަދި ޒަހުރާ އެ ސުވާލުތަކާ ގުޅިގެން ދެއްވީ ކޮން ޖަވާބެއް ކަމެއް ވެސް ނޭނގެ އެވެ.

އެ ޖަލްސާގައި ޒަހުރާ ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ނުދައްވައިފި ނަމަ ޖާނުން ފިދާވެގެން ވެސް މިވެރިކަން ވައްޓާލާނެ ކަމަށެވެ. ފުލުހުން ބުނެފައި ވަނީ މުޒާހަރާތަކުގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދެއްކުމާއި އަނިޔާވެރިކަމަށް ގޮވާލުން ހުއްދަ ނުކުރެވޭނެ ކަމަށެވެ.