ރާއްޖެ ކުޅިވަރު

ސެއިލިންގައި ރާއްޖެއަށް ދުނިޔޭގެ އިހްތިރާމް އެބައޮތް: ގައްބެ

Sep 4, 2016

ސެއިލިންގެ ދުނިޔޭގައި ރާއްޖެއަށް ކުރާ އިހްތިރާމް ބޮޑުކަމަށާއި ސެއިލިންއިން ރަނގަޅު ކާމިޔަބެއް ހޯދިދާނެ ކަމަށް ކްރޮއޭޝިއާގައި ބޭއްވި ދުނިޔޭގެ ސެއިލިން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކޮށް، 23 ވަނަ ހޯދި ރާއްޖޭގެ ސެއިލިންގ ލެޖެންޑް އަބްދުލް ގަފޫރު (ގައްބެ) ބުނެފި އެވެ.

ތިލަފުށީ ކޯޕަރޭޝަންގެ ސްޕޮންސާޝިޕް އެހީއާއެކު މުބާރާތުގައި ވަދަ ކުރުމަށްފަހު، މިއަދު މާލެ އައި ގައްބެ ބުނީ ކުރިއަށް އޮތް ތަނުގައި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރުމަށް މިފަހަރުގެ މުބާރާތަކީ ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

"ސެއިލިންގައި ދިވެއްސެއްކަން އެނގުނީމަ. ދުނިޔޭގެ އެންމެ ވޯލްޑް ކްލާސް ސެއިލަރުން ވެސް ވަރަށް އިހްތިރާމް ކުރޭ. މީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއް،"

ގައްބެ ބުނީ ރާއްޖޭގެ ގުދުރަތީ މާހައުލުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ ރާއްޖެއަށް ސެއިލިންގައި ފުރުސަތު ބޮޑުކަމަށާއި، ވޯލްޑް ޗެމްޕިއަންޝިޕަށް ފޯކަސްކޮށްގެން މަސައްކަތް ކޮށްފިނަމަ، ރާއްޖެއަށް ރަނގަޅު ކާމިޔާބެއް ހޯދި ދާނެ ކަމަށެވެ.

ގައްބެ ގެ އިތުރުން ރާއްޖޭގެ އިތުރު ސެއިލަރެއް ކަމަށްވާ އާދަމް ފައިސަލް (އެޑަމް) ވެސް ވަނީ މުބާރާތުގައި ވާދަކޮށްފައެވެ.