ރާއްޖެ ކުޅިވަރު

ލާއޯސް މެޗް ކާމިޔާބުކޮށް މަގާމު ދާއިމީ ކުރަން ބޭނުން: ކޯޗް

ލާއޯސްގެ މެޗް ރާއްޖެއަށް ހޯދައި ނުދެވިއްޖެނަމަ ރާއްޖޭގެ ކޯޗް ކަމުގައި ނުހުރެވޭނެ ކަން އެނގޭ ކަމަށާއި އެހެންވެ އަމާޒަކީ ރާއްޖެއަށް މިމެޗް ހޯދައިދީ ރާއްޖޭގެ ގައުމީ ކޯޗް ކަމުގައި އޭނާގެ ކޮންޓްރެކްޓް ދިގު މުއްދަތަކަށް އާކުރުން ކަމަށް ގައުމީ ޓީމުގެ ކޯޗް އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފިއެވެ.

މާދަމާ ރޭގެ މެޗަށް ނިކުތުމުގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން ކޯޗް ބުނީ އޭނާ ރާއްޖެގެ ކޯޗް ކަމާ ހަވާލުވީއްސުރެ ތައްޔާރުވަމުން ދަނީ ލާއޯސްގެ މެޗަށް ކަމަށާއި، ދައްކަންވީ އެ މެޗް ކާމިޔާބު ކުރުމުގެ ވާހަކަ ކަމަށެވެ.

"އަހަރެމެންގެ ކުރިމަތީގައި އޮތީ ލާއޯސް މެޗް ކުޅުންތެރިން ތައްޔާރުވަނީ ލާއޯސްގެ މެޗަށް،" ސްޓެވާޓް ބުންޏެވެ.

ނަމަވެސް ސްޓޭވާޓް ބުނީ ބަނގުލަދޭޝްގެ އެ މެޗުން ވަރަށް ގިނަ ޕޮސްޓިވް ކަންކަމެއް ހާސިލުވެއްޖެ ކަމަށެވެ.

ލާއޯސް މެޗަށް ތައްޔާރުވި ގޮތުގެ ވާހަކަ ނުދައްކައި ރާއްޖެއިން ސަމާލުކަން ދޭނީ މާދަމާ ރޭ ގެ މެޗް ކާމިޔާބު ކުރުމަށް ކަމަށް ސްޓެވާޓް ބުނި "އިއްޔަގެ ޕްރެކްޓިހުގައި ވެސް އހަރެން ކުޅުންތެރިން ގާތު ބުނިން ލާއޯސް ތައްޔާރުވީ ކިހިނެއްތޯ ނުވިސްނާށޭ. އަހަރެމެން ހިނގާށޭ މިމެޗަށް ފޯކަސް ކުރަން"

އޭނާ ބުނީ ކުޅުންތެރިންގެ މަސައްކަތާއި ކުޅުންތެރިން ޓެކްނިކަލް ޑިސިޕްލިންއާ މެދު އެއްވެސް ސުވާލެއްވެސް ނެތް ކަމަށާއި ޕްރެކްޓިސް ޝެޝަންތައް ކުރިއަށް ގެންދެވުނު ގޮތާ މެދު ހިތް ހަމަޖެހޭ ކަމަށެވެ.

"އަހަންނަށް އެނގެ މި މެޗް ކާމިޔަބު ކޮށް ނުދެވިއްޖެނަމަ ރާއްޖޭގެ ކޯޗްގެ ގޮތުގައި އަހަރެން ނުހުންނާނެ ކަން. އެހެންވެ އަހަރެން ހަވާލުވީން ސުރެ އަހަރެން މިވިސްނަނީ މި މެޗާ މެދު. އަހަރެން އެންމެ މުހިންމު މަސައްކަތަކީ މި މެޗް ކާމިޔަބު ކޮށް އަހަރެންގެ ކޮންޓްރެކްޓް ދިގު މުއްދަތަކަށް ހެދުން" ކަމަށެވެ.