ވިޔަފާރި

ސެވަން ސްޓާ ލަގްޒަރީ އެވޯޑަށް ރާއްޖެ ނޮމިނޭޓް ވެއްޖެ

Feb 25, 2015
1

މި އަހަރުގެ ސެވަން ސްޓާ ލަގްޒަރީ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވަނީ މި އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ބާލީގެ، ޓްރާންސް ރިސޯޓް ބާލީގަ އެވެ.

މި އެވޯޑަށް ވޯޓު ލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

ސެވަން ސްޓާ ލަގްޒަރީ އެވޯޑު ރާއްޖެއަށް މީގެ ކުރިން ދެފަހަރު ލިބިފައިވެ އެވެ. މި އެވޯޑު 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު ލިބިފައިވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއ ރާއްޖެއަށެވެ. ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ ޑެސްޓިނޭޝަން ކެޓަގަރީއިންނެވެ.

ބާލީގައި ބާއްވާ ސެވަން ސްޓާ ލަގްޒަރީ އެވޯޑަށް ރާއްޖޭގެ އިތުރުން ނޮމިނޭޓްވެފައިވާ ގައުމުތަކުގެ ތެރޭގައި ސީޝެލް އާއި މޮރިޝަސް އަދި ތުރުކީއާއި މެކްސިކޯ ހިމެނެ އެވެ. މީގެ އިތުރުން ބަހާމަސް އާއި އަބޫދާބީ އަދި ގްރީސް އާއި ފްރާންސް އަދި ޕެރޫ ފަދަ ގައުމުތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން އެއާލައިން ބައިގައި ނޮމިނޭޓްވެފައިވަނީ ކެތޭޕެސިފިކްގެ އިތުރުން އިއްތިހާދާއި ޖެޓް އެއާވޭސް އަދި ސިންގަޕޯ އެއާލައިންސާއި ލުފްތަންސާ އެއާލައިނެވެ. މި އެވޯޑު ގިނަ ދާއިރާތަކަކުންދެ އެވެ.