ޓެކްނޯލޮޖީ

ސްނެޕް ޗެޓުގެ އީދެއް!

ރާއްޖޭގައި އީދު ފާހަގަކުރަމުން އަންނަނީ އަބަދަވެސް ވަރަށް ކުލަގަދަ ކޮށެވެ. ފެންއީދަކަސް އަވިއީދަކަސް ދިވެހިންގެ އީދުގެ ފޯރިއަށް މާކަ ބޮޑު ބަދަލު ތަކެއް އަންނަތަނެއް ނުފެނެއެވެ. ފެންނަނީ އީދަކަށް ފަހު އީދައެއް ފޯރި ގަދަވާ މަންޒަރެވެ. އެގޮތުން މި ހުރިހާ ފޯރިއެއްގައިވެސް އަހަރަމެންނާ އެކު އަބަދުވެސް ބައިވެރިވާ އެކައްޗެއް ވެއެވެ. ސޯޝަލް މީޑިޔާއެވެ. އެގޮތުން ފޭސްބުކްގެ ވޯލްތަކުން ފެޝުނު ފޯރި މިހާރު މިދަނީ އިންސްޓަރގްރާމް އަދި ސްނެޕްޗެޓްގެ ޕޯސްޓްކަތާއި ސްނެޕްތަކާއި ހިސާބަށް ވާސިލުވަމުންނެވެ. އޭރު ޖެހި ހެޕީ އީދު ސްޓޭޓަސް ހޭޝްޓެގަށް ބަދަލުވެ މިހާރު އެ ހޭޝްޓެގްވެސް އެންމެ ފަހުނެ ސްނެޕްއަކަށް ވާތަން މިދަނީ ފެންނަމުންނެވެ.

ޒަމާން ބަދަލުވެ މިހާރު އަހަރަމެން އެއްމެން އެކުގައި މަޖާކޮށްހަދާ އީދުގެ ހަދާންތަކާއި ފޯރި މިހާރު މިވަނީ އަހަރަމެންގެ ސްނެޕްޗެޓާ ހަމައަށް އައިސްފައެވެ. ގާތް އެކުވެރިއެއްގެ ގޮތުގައި މިހާރު ތިމާއާ އެންމެ ކައިރީގައި ހުންނަނީ ވެސް ސެނެޕްޗެޓެވެ. އީދު އުފަލުގައި ތިމާއާ އެއްކޮށް ބައިވެރި ވެލުމުގެ ފުރުސަތު އެންމެ ރަނގަޅަށް ލިބެނީ ވެސް ސްނެޕްޗެޓަށެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ސްނެޕްޗެޓްގެ މަގާމު އަދާކުރަމުން އައި އަހަރަމެންގެ އެކުވެރިޔާއަކީ އިންސްޓަރގްރާމެވެ. އެހެނަސް އިންސްޓގްރާމް ވެސް ބާކީވާން ފަށައިފިއެވެ. އެއްމެންކަހަލަ ގޮތަކަށް ސްނެޕްޗެޓްގެ އަވާގައި ޖެހިއްޖެއޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އޭރު ހޭޝްޓެގް "ހެޕީ އީދު" ޕޯސްޓް މިހާރު މޮޅެތި ފިލްޓާރ އާ އެއްކޮށް ކޮށްލަނީ ސްނެޕެވެ. އީދު ނަމާދު ޕޯސްޓުވެސް ކުއްތާ ފިލްޓާރ އާއެކު ކޮށްލެވެނީ ސްނެޕެވެ. އީދު ސަލާމުގެ ސެލްފީތަށް ވެސް މި ކޮށްލަނީ ސްނެޕެވެ.ސްނެޕްޗްޓްގެ އަވާގައި ދިވެހިންގެ ގިނަ ބަޔަކު ޖެހިފައި ތިއްބަސް އަދިވެސް އިންސްޓަރގްރާމް އަށް ލޯބި ކުރާ ކްރައުޑެއްވެސް ރާއްޖޭގައި އެބަ އޮތެވެ. އެމީހުންނަށް އަދި ވެސް އޮބީ އިންސްޓަރގްރާމެވެ.

އިންސްޓަރގްރާމް އިން މީގެ ދުވަސް ތަކެއް ކުރިން ވަނީ އިންސްޓަރ ސްޓޯރީގެ ނަމުން އިންސްޓަރ ގްރާމްގައި އާފީޗާއެއް އުފައްދާފައެވެ. މި ފީޗާއާއިެކު ގިނަ ބަޔެއްގެ ފާޑުކިޔުންތަށް ވަނީ އިންސްޓަރގްރާމް އަށް އަމާޒުވެފައެވެ. އެގޮތުން ގިނަ ބަޔަކު ބުނާ ގޮތުގައި މި ފީޗާގެ އަސްލަކީ ސްނެޕްޗެޓެވެ. ފާޑުކިޔުންތަކާއި އެކުވެސް އިންސްޓަރގްރާމް ސްޓޯރީސްއަށް ދިވެހިންގެ މެދުގައިވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެހެންކަމުން މިފަހަރުގެ އީދުގެ ފޯރި ދެސްޓޯރީއަކުން ފެންނާނެ ތާއެވެ. އިންސްޓަރގްރާމްއާއި ސްނެޕްޗެޓްގެ ވާދަވެރިކަން އީދު ތެރޭގައިވެސް ހާދަބޮޑުވާނެތާއެވެ.

ސްނެޕްގެ ފިލްޓާތަކަކީ މިހާރު ދިވެހިންގެ މެދުގައި ވަރަށް ވެސް މަގްބޫލް ފިލްޓާތަކެކެވެ. ދިވެހިންގެ ތެރޭގައި ތިބި ހުނަރުވެރި އާޓިސްޓުންތަކެއްވަނީ ދިވެހި ރާއްޖޭގެ ފިލްޓަރ ތަކެއްވެސް ރާއްޖޭގައި އުޅޭ ސްނެޕްބޭނުން ކުރާ ފަރާތްތަކަށް ބޭނުން ކުރެވޭނެ ގޮތްތަކެއް ހަދާދީފައެވެ. އެގޮތުން މިހާރުވެސް ސްނެޕްޗެޓުގައި މާލެ ސިޓީގެ 2 ފިލްޓަރ އެއްގެ އިތުރުން ވަރުނުލާ ރާޅުގަނޑުގެ ފިލްޓާއެއްވެސް ލިބެންއެބަހުއްޓެވެ. އީދުއައިސް ޖެހުނު އިރު ދިވެހި ސެންޕް ގޯސްޓްތަށް ކެތްމަދުވެފި މިތިބީ ދިވެހިވަންތަ އީދު ތަހުނިޔާގެ ސްނެޕްކަށެވެ.

އީދު ހެދުން ގަންނަން އުޅުނު ހާލުވެސް އެންމެ އެކްކުލޫސިވްކޮށް އަހަރަމެންނަށް މިވަނީ ސްނެޕްޗެޓްގެ ޒަރިއްޔާއިން ފެނިފައެވެ. އީދުނަމާދާއި ފެންކުޅީގެ ސެލްފީއާއި ފޮޓޯތަށް މިފަހަރު އެންމެ ރަނގަޅަށް ފެންނާނީ ސްނެޕްޗެޓުން ކަމަށް ބަލައި އަހަރަމެން މިތިބީ ތައްޔާރަށެވެ. ސްނެޕް ކުރުމުގެ ރިކޯޑަކަށް ރާއްޖެ ވުން ވެސް މާ ދުރެއް ނޫނެވެ.