މަސްތުވާތަކެތި

ކުރިމަތީ ފަރާތަށް މަސްތުވާތަކެތި ޖަހައިގެން އުޅުނު އަންހެނަކު ހިފަހައްޓައިފި

Sep 11, 2016
4

ކުރި މަތީ ފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން ވެލިދޫއަށް ދިޔަ މެދު އުމުރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

މީގެ ތެރެއިން އަންހެން މީހާ ހައްޔަރު ކުރީ ނ. ވެލިދޫންނެވެ. ފުލުހުން ބުނީ އުމުރުން 50 އަހަރުވީ އެ އަންހެން މީހާ ހައްޔަރު ކުރީ މާލެއިން ފުރައިގެން ވެލިދޫއަށް ދިޔަ ބޯޓަކުން މި މަހުގެ ހަތް ވަނަ ދުވަހު ވެލިދުއަށް ދިއުމުން ކަމަށެވެ. އަދި އެ އަންހެން މީހާ ހިފަހައްޓައި ވެލިދޫ ސިއްހީ މަރުކަޒުގެ ދެ އަންހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ ކުރިމަތި ފަރާތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރިދެ ރަބަރު ޕެކެޓް ފެނުނު ކަމަށެވެ.

އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ.

މި އަންހެން މީހާގެ ތަހުގީގު ފަށާފައިވާއިރު މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ވަނީ ކުޑަ ކުއްޖަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅަކާއެކު ކުޑަކުއްޖަކު ހުޅުމާލެއިން ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.