ހައްޖުގެ އަޅުކަން

ހައްޖާޖީންގެ ފުރަތަމަ ގްރޫޕް މިއަދު ރާއްޖެއަށް އަތުވެއްޖެ

ހައްޖުގެ އަޅުކަން އަދާކުރަން މިއަހަރު ރާއްޖެއިން މައްކާއަށް ދިޔަ ހައްޖުވެރިން ދަތުރު ނިންމާލުމަށްފަހު އޭގެ ތެރެއިން ފުރަތަމަ ގްރޫޕް މިއަދު މާލެ އަތުވެއްޖެ އެވެ. ހުރިހާ ހައްޖުވެރިން ވެސް މިމަހުގެ 24 ގެ ނިޔަލަށް ރާއްޖެ އައިސް ނިމޭނެ އެވެ.

މާލެ އައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން 252 ހާޖީންނެވެ.

މިއަހަރު ރާއްޖެއިން 2،000 ހައްޖުވެރިން މައްކާއަށް ގޮސްފައިވާއިރު، އޭގެ ތެރެއިން ދެ ހާޖީއަކު ވަނީ މައްކާގައި މަރުވެފަ އެވެ. މިނިސްޓްރީން ބުނީ، މިއަހަރު ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިން މައްކާ އަށް ގޮސް އުމްރާކޮށް، މަދީނާއަށް ދަތުރުކޮށް އެތަނުގައި ދެ ދުވަސް ހޭދަކޮށް، ދެވަނަ އުމްރާ ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ. މަރުވި ދެ މީހުންގެ ތެރެއިން ފުރަތަމަ ހާޖީ އަށް ވަނީ ބަލިވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމުގެ ސަބަބުން މިނާ ދަތުރުގައި ބައިވެރިނުވެވި އެވެ.

ބަލި ހާލު ބޮޑުވުމުގެ ސަބަބުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހާޖީއަކަށް މައްކާގެ ކިންގް ސައޫދީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރުވެސް ދަނީ ފަރުވާދެމުންނެވެ.