ރާއްޖެ ކުޅިވަރު

ޗެމްޕިއަންކަން މަޑަވެއްޔާއި ގުރައިދޫ އަދި ދެއްވަދޫ އަށް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ގުރައިދޫ އަދި ގދ. އަތޮޅުގެ ޗެމްޕިއަންކަން މަޑަވެލި އަދި ގއ. ޗެމްޕިއަންކަން ދެއްވަދޫ ހޯދައިފި އެވެ.

މާލެ އަތޮޅުގެ ޗެމްޕިއަންކަން ގުރައިދޫ ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ހިންމަފުއްޓާ ވާދަކޮށް 2-0އިން މޮޅުވެގެންނެވެ. ލަނޑު ޖެހީ މުހައްމަދު ނާއިމް އާއި ކުރިން ވެލެންސިއާ އަށް ކުޅުނު އަހުމަދު ވަދީއު އެވެ.

ގދ. އަތޮޅުގެ ޗެމްޕިއަންކަން މަޑަވެލި ހޯދީ ފައިނަލުގައި ގައްދޫއާ ވާދަކޮށް 1-0އިން މޮޅުވެގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ފަހުހާފުގަ އެވެ. ގދ. ހޯނޑެއްދޫގައި ކުޅުނު ފައިނަލް މެޗަށް ދެ ރަށުން ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗު ބަލަން ދިޔަ އެވެ.

ގއ. އަތޮޅުގެ ޗެމްޕިއަންކަން ދެއްވަދޫ ހޯދީ ޕެނަލްޓީ ޖަހައިގެން 7-6އިން ނިލަންދޫ ބަލިކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ޓީމު 3-3އިން އެއްވަރުވެގެންނެވެ.