ޓެކްނޯލޮޖީ

ސްޓޯރީ އެލެމެންޓް ފޭސްބުކް މެސެންޖާއަށް ވެސް!

ގިނަ ބަޔެއްގެ ޝައުގު ވެރިކަން ލިބުނު ސްނެޕްޗެޓްގެ ސްޓޯރީސް ފީޗާ ގެންދަނީ ވަރަށް ބޮޑަށް އޭގެ އަވައިގައި މި އެޕް ބޭނުން ކުރާ ފަރާތްތަށް ޖައްސަމުންނެވެ. މި އެޕް ބޭނުން ކުރާ ފަރާތްތަކުގެ އިތުރަށް ސްނެޕް ޗެޓްގެ ވާދަވެރިންނާއި ސޯޝަލް މީޑިޔާތައް ޑިވެލޮޕްކުރާ ފަރާތްތަށް ވެސް އަންނަނީ މި ސްޓޯރީސް އެލެމެންޓުގެ އަވައިގައި ޖެހި ބެނދެވެމުންނެވެ.

މީގެ ދުވަސް ތަކެއް ކުރިން ސޯޝަލް މީޑިޔާތަކުގެ ކުރީ ސަފުގައި އުޅުނު އެއް އެޕް ކަމުގައިވާ އިންސްޓަގްރާމް އިން ވަނީ އިންސްޓަގްރާމް ސްޓޯރީސް ގެ ނަމުގައި ސްނެޕްގައި ވެސް ބޭނުން ކުރަމުން އައި ފީޗާ އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް ތަނަވަސް ކޮށްދީފައެވެ. މި ސްޓޯރީސްގެ ވައިރަސް މިފަހަރު މިއައްނަނީ އެއްމެންގެ ފޭސްބުކް މެސެންޖާއާ ދިމާލަށެވެ.

މެސެންޖާ ޑޭގެ ނަމުން ނަން ދެވިގެން މިހާރު ޓެސްޓް ކުރެވުމުން އަންނަ ސްޓޯރީސް އެލެމެންޓަކީ ފޭސްބުކްއިން ކުރިއަށް އޮތް ތާގައި މެސެންޖާ ބޭނުން ކުރާ ފަރާތްތަކަށް ލިބިގެންދާނެ އާ ހިދުމަތެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިވަގުތު ފޭސްބުކްއިން މި ފީޗާ ބޭނުން ކުރެވޭ ގޮތް ހަދާފައިވަނީ ޕޮލެންޑުގަ އެވެ.



ޕޮލެންޑްގައި ޓެސްޓުކުރަމުން އަންނަ މި ފީޗާއަކީ ފޭސްބުކްއިން މުސްތަގްބަލުގައި ފޭސްބުކްގެ ހިދުމަތްތަށް ވަރުގަދަކޮށް ފޭން ބޭސް ބޮޑު ކުރުމަށް ކުރަމުން އަންނަ ޓެސްޓެއް ކަމަށް ފޭސްބުކްގެ ސްޕޯކްޕާސަންއަކު ވަނީ ބުނެފައެވެ. މި އެލެމެންޓް ވެސް މަސައްކަތް ކުރާނީ ސްނެޕްޗެޓްގެ ސްޓޯރީސް އެލެމެންޓް މަސައްކަތް ކުރާ ގޮތަށެވެ.

އެގޮތުން މީހެއްގެ ދުވަސް ދާގޮތް މި ފޮޓޯ އަދި ވީޑިޔޯގެ ޒަރިއްޔާއިން އަޕްލޯޑްކޮށްލެވޭއިރު މި ފޮޓޯތަކާއި ވީޑިޔޯތަކަށް ފިލްޓަ އަދި ސްޓިކާ ލެވޭނެއެވެ. އަދި އަޕްލޯޑް ކުރާ ކޮންޓެންޓް އެހެން މީހުންނަށް ފެންނާނީ އެންމެ ގިނަ ވެގެން ވެސް 24 ގަޑި އިރަށެވެ. މިއީ ސްނެޕްޗެޓް ސްޓޯރީސްގެ އިތުރުން ފޭސްބުކްއިން ގަނެފައިވާ އިންސްޓަގްރާމް ސްޓޯރީސްގައި ވެސް ސްޓޯރީސް އެލެމެންޓަށް ދެވިފައިވާ ޓައިމް ލިމިޓެވެ.

މެސެންޖާ ޑޭގައި ސެނެޕްޗެޓްގެ ސްޓޯރީސް އާ ތަފާތުކޮށް ފެންނާނީ އެލެމެންޓް އަޕްލޯޑް ވެފައިވާ ފޫޓްހޯލްޑް އެވެ. އެހެން ގޮތަކުން ބުނާނަމަ މި ފީޗާ ޑިސްޕްލޭ ކުރެވިފައިވާނީ ސްނެޕްޗްޓްއާއި ހިލާފަށް މެސެންޖާ ހޯމް ޕޭގްގެ އެންމެ ކުރީގައެވެ. އަދި މެސެންޖާއިން އެޑްކޮށްފައިވާ އެހެން ފެރެންޑުންގެ ސްޓޯރީސްތަށް ޑިސްޕްލޭކުރެވޭނީ މެސެންޖާ ބޭނުންކުރާ މިހާގެ ސްޓޯރީސް ގެ ކަނާތްފަރާތަށް ހޮރިޒޯންޓަލް ތަރުތީބަކަށެވެ. މެސެންޖާ އަދި އިންސްޓަގްރާމް އަށް ޑިވެލޮޕް ނުކުރެވި އޮތީ ސްނެޕްޗެޓްގެ ލެންސް ފިލްޓާތަކުގެ ފީޗާއެވެ. އެހެންކަމުން މި ފީޗާއެއް އިންސްޓަ ސްޓޯރީސް އަދި މެސެންޖާ ޑޭ އިން ވެސް ލިބިގެން ނުދާނެއެވެ.

ޕޮލެންޑަށް ދެމުންދާ މި ހިދުމަތް މުޅި ދުނިޔެއަށް ދެވޭނީ ޕޮލެންޑުގައި މި އެލެމެންޓަށް ލިބޭ ތަރުހީބަކަށް ބަލާފައި ކަމަށް ފޭސްބުކްގެ ސްޕޯކްޕާސަން ވަނީ ބުނެފަ އެވެ. ޕޮލެންޑަކީ ސްނެޕްޗެޓްގެ މަގްބޫލުކަން އެންމެ ކުޑަ ގައުމުކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި އެލެމެންޓް އެންމެ ފަސޭހައިން ޓެސްޓު ކޮށްލެވޭނެ މާހައުލަކަށް ވެގެންދާނީ ޕޮލެންޑްއެވެ.

ފޭސްބުކްގެ ޕްރައިމް އެޕްލިކޭޝަންގައި ހިމެނުމުގެ ބަދަލުގައި ފޭސްބުކްގެ ސަބް އެޕްލިކޭޝަން ކަމުގައިވާ މެސެންޖާގައި މި އެޕްހިމަނާފައިވާ މައިގަޑު ސަބަބެއް ކަމަށް ރިޕޯޓިތަށް ބުނަނީ ފޭސްބުކަށް ވުރެ ބޮޑު ތަރުހީބެއް މެސެންޖާއަށް ލިބިފައިވުމެވެ. ފޭސްބުކަގެ މޯބަލް ޔޫސާސް ތަކަށް މެސެންޖާއަކީ ކޮންޕަލްސަރީ ނުވަތަ ކޮންމެހެންވެސް އެޅުން މުހިންމު އެޕްލިކޭޝަނަކަށެވެ. ކޮންމެ ދުވަހަކުވެސް ގިނަ އަދަދެްގެ ބަޔަކު މެސެންޖާ ބޭނުންކުރާއިރު މި ފަދަ ފީޗާއެއް މެސެންޖާއަށް އައުމަކީ މެސެންޖާއަށް ލިބިފައިވާ ތަރުހީބު އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ.

އިންސްޓަރގްރާމްއިން މި އެލެމެންޓް ތައާރަފް ކުރުމާއި އެކު ގިނަ ބަޔެއްގެ ތަރުހީބު މިވަނީ އެންސްޓަރގަރާމްއަށް ލިބިފައެވެ. އެހެންމ ނަމަވެސް ބޭރުގެ ރިޕޯޓުތަށް ބުނާގޮތުން މިފަހަރުގެ އެންމެ ބޮޑޫ ކޮޕީކެޓަށް ވެގެންދާނީ ފޭސްބުކް މެސެންޖާއެވެ. ސަބަބަބީ އާ ފީޗާއެއް މި އެލެމެންޓްގެ ތެރެއިން ފެނިގެން ނުދިއުންކަމަށް ވެއެވެ. މިއީ ޑެވެލޮޕްކުރެވި ޓެސްޓު ކުރެވުމުން އަންނަ އެލެމެންޓެއް ކަމުން މިއަށް އިތުރު ބަދަލު އައުން އެކަށީގެންވެސް ވެއެވެ.