ހަބަރު

ވެސްޓާން ޔޫނިއަންއަށް ބަޔަކު ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

މޫނު ނިވާކޮގެން ތިބި ބަޔަކު ވެސްޓާން ޔޫނިއަންއަށް އޮފީސް ތެރެއަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި އެވެ.

ފުލުހުން ބުނީ ފައިސާ ފޭރިގެންފައި ވަނީ މިރޭ 12:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެސްޓާން ޔޫނިއަން އޮފީސް ތެރެއަށް ވަދެ އެތަނުގައި ތިބި މުވައްޒިރުން ބަނދެ ވަޅިން ވަޅިން ބިރު ދައްކައަިގެން ކަމަށެވެ.

އެ ހާދިސާ ހިނގުމާއި އެކު ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަ ދެއެވެ. ނަމަވެސް ފެޭރިގަތް ފައިސާގެ ޖުމުލަ އަދަދެއް އަދި ސާފެއް ނުވެ އެވެ.