ހަބަރު

އިންޒާރުދީ ބިރުދައްކާ ދެމީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

Feb 28, 2015

ދެ މީހަކު ހޯދަން އިއުލާންކޮށް އެ ދެމީހުންގެ ފެންނަ ވީޑިއޯއެއް ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ހޯދަން އިއުލާން ކުރި ދެމީހުންނަކީ މިދިއަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލާ މައްސަލައެއްގައި ހޯދާ ދެމުން ކަމަށެވެ،

އެ ދެމީހުން ހޯދަނީ އިންޒާރުދިނުމާއި ބިރުދެއްކުމުގެ މައްސަލައަކާ ގުޅިގެން އެއީ ކޮންބައެއްކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ ކަމަށެވެ. މި ދެމީހުންނަކީ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ގަޔަށް ކަޅުޔެތޮޖެހުމުގެ ތުހުމަތު ކުރެވިފައިވާ ދެ މީހުންނެވެ.

ވީޑީއޯފެންނަނީ ދެމީހުން ސައިކަލެއްގައި ދުއްވާ ތަނާއި ހިނގާފައިވާ ދާ މަންޒަރެވެ. އެ ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފުލުހުންނާ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފައެވެ.