ޓެކްނޯލޮޖީ

ގޫގަލް ޕިކްސެލް: ސްމާޓްފޯނަށް ވަރުގަދަ ވާދަވެރިއެއް!

މިއަހަރު ވެގެންމިދަނީ ސްމާޓްފޯން އުފައްދާ ކުންފުނިތަކަށް ވަރަށް ވެސް ވާދަވެރި އަހަރަކަށެވެ. އެއް ކުންފުންޏަށް ވުރެ އަނެއް ކުންފުނީގެ ސްމާޓްފޯނުތައް ވަރުގަދަ ކުރުމުގެ ޖޯޝެއްގައި ހުރިހާ ކުންފުންޏަކުން އަންނަނީ އަތުކުރި އޮޅާލައި ކުރެވުނު ހުރިހާ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެންމެ ބޮޑަށް ވާދަވެރިކަން އަބަދު ވެސް ބޮޑުވެފައި އޮއްނަނީ މަޝްހޫރު އެޕަލް ކުންފުންޏާއި ސެމްސަންގް ކުންފުނީގެ ދެމެދުއެވެ. ނަމަވެސް މި ދެކުންފުނީގެ ވާދަވެރިކަން މިއަހަރު އެހެން އަހަރުތަކާއި އަޅާބަލާއިރު ވާދަވެރިއެއް ނޫނެވެ. ސަބަބަކީ މިއަހަރު ސެމްސަންގް އިން ނެރުނު ނޯޓް 7 ގެ ފޯނުތައް ގޮވުމެވެ. އެޕަލްއަށް މިކަން ވެގެންދިޔައީ ވަރަށް ވެސް ބޮޑު ހިއްހަމަ ޖެހުމަކަށެވެ. އެހެން އަހަރުތަކަށް ވުރެ ފައިދާ ބޮޑުވާން ފެށީއެވެ. ނަމަވެސް މި ހިތްހަމަޖެހުމަށް ގޮންޖަހާލާނެ ވަރުގެ ސްމާޓްފޯނެއް ދުނިޔޭގެ އެންމެ ބޮޑު ޓެކް ކުންފުނި ކަމުގައިވަ ގޫގަލްއިން މިވަނީ ރޭ ދައްކާލާފައެވެ.

ގޫގަލް ޕިކްސެލްގެ ނަމުން ނަންދެވިގެން މޮޅު ފީޗާތަކަކާއި އެކު ގޫގަލް އިން ދައްކާލި މި ފޯނަކީ ގޫގަލްގެ އަމިއްލަ ފުރަތަމަ ފޯނެވެ. އައިފޯނާއި ވަރަށް ވައްތަރު ގޮތަކަށް ފަރުމާކުރެވިފައިވާ މި ފޯނަކީ އެޕަލް އަދި ސެމްސަންގް އަށް ވެސް މި މާކެޓްގައި އޮތް ބިރެއްކަމަށް ފޯނު ދައްކާލުމާއި އެކު ޓެކްނޮލޮޖީ ދިރާސާ ކުރާ ފަރާތަށް ދަނީ ބުނަމުންނެވެ.

ޑިޒައިން ވަރަށް ކޮޕީ!

މިފޯނުގެ ޑިޒައިނަށް ބަލާލާއިރު މި ފޯނުގެ އެސްޓީރިއާ ފުދޭ ވަރަކަށް އެޕަލްގެ މެއިން ޕްރޮޑަކްޓް ކަމުގައިވާ އައިފޯންގެ 6 އަދި 7 ގެ ސީރީސްގެ ފޯނުގެ އެސްޓީރިއާ އާ ވަރަށް ވައްތަރެވެ. އެގޮތުން އައިފޯން 6 ގެ ފޯންތަކެކޭ އެއްގޮތަށް މި ފޯނުގެ ވެސް އެންޓަނާ ބޭންޑަތަށް ފަރުމާކޮށް ޑިސްޕްލޭކުރެވިފައިވާނީ ފޯނުގެ ފަހަތުގެ މަތީގައި އެއް އެއްޓަނާ އަދި ތިރީގައި އެއް އެއްޓަނާއެވެ. މީގެ އިތުރުން އައިފޯންގެ ވެސް ހޯމްބަޓަން ގައި މިހާރު ބޭނުންކުރަމުންދާ ފިންގާޕްރިންޓް ޓެކްނޮލޮޖީ މި ފޯނުގައި ވެސް ބޭނުންކުރެވިފައިވާނެ އެވެ. އެހެން ނަމަވެސް މި ފޯންގެ ހޯމްބަޓަން ގެ ބަދަލުގައި މި ޓެކްނޮލޮޖީ ބޭނުން ކުރެވިފައިވާނީ މި ފޯންގެ ފަހަތުގަ އެވެ. ވަށް ބައްޓަމަކަށް ފަރުމާކޮށް ހަރުކުރެވިފައިވާ މި ފިންގަޕްރިންޓް ސެންސާއަށް ގޫގަލްއިނ ދީފައިވާ ނަމަކީ ޕިކްސެލް އިމްޕްރިންޓެވެ. މި ދެކަމަކީ އައިފޯނާއި މި ފޯން ވައްތަރުވުމުގެ އެންމެ ބޮޑު ސަބަބެވެ.

މުޅިން އާ ސޮފްޓްވެއާތަކެއް

ގޫގަލް ޕިކްސެލް ވެގެންދާނީ ގޫގަލް އެސިސްޓެންޓް ބިލްޓް އިން ފުރަތަމަ ފޯނަށެވެ. މި ބިލްޓްއިން އަކީ ވެސް އެޕަލްގެ އޯއެސް ކަމުގައިވާ އައިއޯއެސްގެ ފީޗާއެއް ކަމުގައިވާ ސިރީ ކަހަލަ ބިލްޓްއިން އެއްކަން ފާހަގަކޮށްލެވެއެވެ. މި ބިލްޓްގެ ސަބަބުން ވާހަކަ ދައްކާލުމުން ފޯނަށް އެ ދެއްކި ވާހަކަ ދެނެގަނެ ހޯދަން ބޭނުންވާ މައުލޫމާތާއި އިތުރު ކޮންޓެންޓްތަށް ފަސޭހަކަމާއި އެކު ހޯދާލެވޭނެއެވެ.

މިފޯނަކީ އެންޑްރޮއިޑްގެ އެންމެ ފަހުގެ އޯއެސް ކަމުގައިވާ ނޯގެޓް 7.1 ހިމެނިގެން ނެރެވޭނެ ފުރަތަމަ ފޯނެވެ.

އެންމެ މޮޅޫ ސްމާޓްފޯން ކެމެރާ!

މި ފޯނުގެ އެންމެ މޮޅު ކަމަކަށް ގޫގަލް އިން ފަހަގަ ކޮށްފައިވަނީ މި ފޯނުގައި ފަރުމާކުރެވިފައިވާ މޮޅު ކެމެރާއެވެ. އިމޭޖް ކޮލިޓީ ރޭޓްކުރާ އެންމެ ރަނގަޅު ކުންފުނިން އެންމެ މަތީ މާކްސްއިން ރޭޓް ކުރުމާއި އެކު މި ފޯނުގެ ކެމެރާ އަކީ ދުނިޔޭގެ އެންމެ މޮޅު ކޮލަޓީގެ ފޮޓޯ ނަގާލެވޭނެ ހަމަ އެކަނި ސްމާޓްފޯނެވެ. ލޯ ލައިޓްއާއި ބްރައިޓް ލައިޓް ނުވަތަ ކޮންމެ ލައިޓެއްގައި ވެސް ހައި ކޮލަޓީކޮށް މި ފޯނުން ފޮޓޯ ނަގާލެވޭނެއެވެ. މި ފޯނުގެ ބެކް ކެމެރާއަކީ 12 މެގަޕިކްސެލްގެ IMX378 ގެ ކެމެރާއެކެވެ. އަދި ލޯލައިޓް ފޮޓޯ ނެގޭނެހެން މި ފޯނުގެ މެއިން ނުވަތަ ބެކް ކެެރާގެ އެޕާޗާއަކީ f/2.0 އެވެ. މި ފޯނުގެ ފްރަންޓް ކެމެރާ 8 މެގަބިކްސެލްގައި ފަރުމާ ކުރެވިފައިވާއިރު އެޕާޗާ އަކީ f/2.4 އެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މި ފޯނަށް ޕިކްސެލް އޭ ކިޔުނީ މި ފޯނުގެ ކެމެރާގެ މޮޅުކަމުންނެވެ.

ހުސްނުވާ ސްޓޯރޯޖް!

ގޫގަލް އިން ނެރުނު މި ފޯނާއެކު ދެން އަހަރަމެންގެ ފޯނުތަކުން “storage is full” ނޮޓީފިކޭޝަން ނުފެންނާނެ ކަމުގެ ވައުދު މިވަނީ ގޫގަލްއިން ދީފައެވެ. ގޫގަލް ޕިކްސެލް ވެގެންދާނީ މި ނޮޓީފިކޭޝަން ދުވަހަކުވެސް ނުފެންނާނެ ނުފެންނާނެ ވަރުގެ ފޯނަކަށެވެ. ސަބަބަކީ މި ފޯނުގައި ހުސްނުވާ ސްޓޯރޭޖެށް ފޯނުން ނަގާ ފޮޓޯ ތަކަށާއި ވީޑިއޯ ތަކަށް ފަރުމާކުރެވުމުންނެވެ. ގޫގަލް އަކީ މިހާރުވެސް ގޫގަލް ޑްރައިވްގެ ނަމުގައި ހުސްނުވާ ސްޓޯރޯޖް ގެ ހިދުމަތް އެއްމެނަށް ދެމުންއަންނަ ފަރާތެކެވެ. މި ޑްރައިވް ގޫގަލް ޕިކްސެލްގައި އިންނަނީ ބިލްޓްއިން ވެފައެވެ.

މޮޅު ޑިސްޕްލޭއަކާއި ގިނަ ވަގުތު ޗާޖް ހިފައްހައްޓާ!

ވިވިޑް ސިނެމެޓިކް ޑިސްޕްލޭގެ ޓެކްނޮލޮޖީއާއި އެކު ކަޅު ކުލައިގެ އިތުރުން 16.77 މިލިއަން ކުލައިން މި ފޯނުގެ AMOLED ސްކްރީން ވަނީ ފަރުމާކުރެވިފައެވެ. މީގެ އިތުރުން މި ފޯނު ވެގެންދާނީ 15 މިނިޓް ތެރޭ 7 ގަޑި އިރު ބޭނުންކޮށްލެވޭހާ ވަރުގެ ޗާޖް ކޮށްލެވޭ ފާސްޓް ޗާޖް ފޯނެކެވެ. މި ފީޗާ ވެގެންދާނީ އެޕަލް އަދި ސެމްސަންގް އަށް އެންމެ ނުރައްކާ ވާނެ ފީޗާއަށެވެ. އެޕަލް އަދި ސެމްސަންގ ގެ ފޯނު ތަކަކީ އާމުކޮށް މާގިނަ ވަގުތު ޗާޖް ހިފަހައްޓާ ފޯނުތަކެއް ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި ފޯންގެ ޑިސްޕްލޭއަކީ ގޮރިއްލާ ގްލާސް ޑިސްޕްލޭއެކެވެ.

ދެ ސައިޒެއް، ހިތްގައިމު ތިން ކުލަ!

މި ފޯންގެ ދެ ސައިޒެއް ވަނީ ބާޒާރަށް ނެރެން ނިންމާފައެވެ. އެއީ 5 އިންޗީގެ ޑިސްޕްލޭއާއި އެއްކޮށް ނެރޭ ގޫގަލް ޕިކްސެލް
އަދި 5.5 އިންޗީގެ ޑިސްޕްލޭއަކާއި އެއްކޮށް ނެރޭ ގޫގަލް ޕިކްސެލް އެކްސްއެލް އެވެ. މިކަން ވެސް ވެގެން ގޮސްފައިވަނީ އެޕަލްގެ ފޭނުން މި ފޯނަށް ކޮޕީ ފޯނެކޭ ކިޔަން މެދުވެރިވާނެ މައިގަޑު ސަބަބެވެ. އެޕަލްއިން ވެސް އެޕަލް އައިފޯނުގެ 2 ސަިއޒެއް މިހާރުވެސް ބާޒާރަށް ނެރެއެވެ.

މި ދެ ސައިޒާއި އެކު ގޫގަލްއިން މިފަހަރު ނެރޭނީ 3 ކުލައިގެ ޕިކްސެލް އެވެ. އެއީ ކަޅު ކުލައާއި ސިލްވަރ އަދި ނޫކުލައެވެ. މި ތިން ކުލައަށް ވެސް ގޫގަލް އިން ވަނީ މި ފޯނަށް ވަކިން ނަންތަކެއް ދީފައެވެ. ކަޅު ކުލައަށް ކުއިޓް ބްލެކް ، ސިލްވަރ އަށް ވެރީ ސިލްވަރ އަދި ނޫ ކުލައަށް ރިއަލީ ބްލޫގެ ނަމުން ނަންދެވިފައިވަނީ ގޫގަލްއިން މިކުލަތަކަށް ކުރިއައް އޮތްތާގައި ބޮޑު އަހައްމިއްޔަތުކަމެއް ދޭން ބޭނުން ވާތި ކަމަށް ޓެކް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ދެ ސައިޒާއި އެކު ގޫގަލްއިން މިފަހަރު ނެރޭނީ 3 ކުލައިގެ ޕިކްސެލް އެވެ. އެއީ ކަޅު ކުލައާއި ސިލްވަރ އަދި ނޫކުލައެވެ. މި ތިން ކުލައަށް ވެސް ގޫގަލް އިން ވަނީ މި ފޯނަށް ވަކިން ނަންތަކެއް ދީފައެވެ. ކަޅު ކުލައަށް ކުއިޓް ބްލެކް ، ސިލްވަރ އަށް ވެރީ ސިލްވަރ އަދި ނޫ ކުލައަށް ރިއަލީ ބްލޫގެ ނަމުން ނަންދެވިފައިވަނީ ގޫގަލްއިން މިކުލަތަކަށް ކުރިއައް އޮތްތާގައި ބޮޑު އަހައްމިއްޔަތުކަމެއް ދޭން ބޭނުން ވާތި ކަމަށް ޓެކް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިފޯނުގެ ޕްރީ އޯޑަރތަށް ވަނީ އެމެރިކާ ބައްރުގެ ގިނަ ގައުމު ތަކެެއްގެ ރޭ ލޯންޗްކުރި ވަގުތުއްސުރެ ނަގަން ފަށާފައެވެ. ނަމަވެސް އިންޑިޔާއާ ހިސާބަށް ޕްރީ އޯޑަތަށް ނެގުން ހަމަޖެހިފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ،

މި ފޯނާއި އެކު ގޫގަލްއިން ޑިވެލޮޕްކުރަމުން އައި އެލްޖީ ނެކްސެސް ބްރޭންޑަށް މި ކުންފުނިން އަލްވަދާއު ކިޔާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނެކްސެސްގެ ފީޗާތަކުގެ ތެރެއިން މި ފޯނުގައި ހިމެނިފައިވަނީ މަދު ފީޗާތަކެކެވެ.

އައިފޯންނާއި ވައްތަރުގޮތްތަކާއި އެކު މި ފޯނުގެ ލޯންޗްކުރި ނަމަވެސް މި ފޯނަށް ގިނަ ބަޔެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. އެގޮތުން ސްމާޓްފޯނުތަކަށް ހިތްކިޔާ ދިިވެހިންގެ ސޯޝަލް މީޑިޔާތަކުގައި އެންމެ ވާއު ކިޔާލެވޭ ފޯނަކަށް މި ފޯނު މިވަނީ މިޙާރު ވެގެންގޮސްފައެވެ. އައިފޯން 7 ގެ އަވައިގައި ޖެހުނު ކުދިން ތަށް ވެސް މި ފޯނަށް ހިތްކިޔާވަރު ފޭސްބުކާއި ޓްވިޓާފަދަ ސޯޝަލް މީޑިޔާތަކުގެ ފީޑްތަކުން ދަނީ ފެނި ހާމަވަމުންނެވެ.