ވިޔަފާރި

ސިކްސް ސެންސަސްގެ ފުރަތަމަ ރިސޯޓް ބާލީގައި ހުޅުވަނީ

ސިކްސް ސެންސަސް އިން މަތީ ފަންތީގެ ލަގްޒަރީ ރިސޯޓެއް އިންޑޮނޭޝިޔާގެ ބާލީގައި ހުޅުވަން ނިންއިފި އެވެ.

ރާއްޖޭގައި ލ. ސިކްސް ސެންސަސް ރިސޯޓު ހިންގަމުން ގެންދާ މި ގްރޫޕުން ބާލީގައި ރިސޯޓު ހުޅުވަނީ އިންޑޮނޭޝިޔާގެ އުލުވަތޫ އޭރީޔާގަ އެވެ. މި ރިސޯޓުގެ މަސައްކަތް ނިމޭނީ 2017 ވަނަ އަހަރެވެ. 

ފަރުބަދަތަކާއި ބޯ ޖަންގަލި އަދި ކަނޑުގެ ރީތިކަން ފެންނަ ގުދުރަތީ މަންޒަރުތަކުން ފުރިގެންވާ ހިތްގައިމު މި ސަރަހައްދުގައި ސިކްސް ސެންސަސް އިން ހުޅުވާ މި ރިސޯޓުގައި 28 ސްކައި ވިލާ ހުރެ އެވެ. މި ވިލާތައް ފަރުމާކޮށްފައިވަނީ ފަރުބަދަ މަތީގައި ތިބޭއިރު ކަނޑުގެ ރީތިކަން ފެންނަ ގޮތަށެވެ. މީގެ އިތުރުން މި ތަނުގައި އެއް ބެޑްރޫމްގެ 62 ވިލާ ވެސް އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި 60 ރެސިޑެންސް ވިލާ އާއި އާއިލާތަކަށް ހާއްސަކޮށްގެން ހަދާފައިވާ ތިން ފެމެލީ ޔުނިޓު ވެސް ހުރެ އެވެ.

ސިކްސް ސެންސަސް ގްރޫޕުން ރާއްޖޭގެ އިތުރުން ތައިލެންޑާއި ވިއެޓްނާމް އަދި ޗައިނާގައި ވެސް ރިސޯޓު ހިންގަ އެވެ.