ދުނިޔެ

ބްރެޒިލްގެ ކުރީގެ ރައީސްއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް

Oct 6, 2016

ރައްޔިތުންގެ މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކޮށްފައި ހުރި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަސިލްވާގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް ބްރެޒިލްގެ ފެޑްރަލް ފުލުހުން އެ މައްސަލަތައް ތަހްގީގު ކުރަން ފަށައިފިއެވެ.

ފެޑްރަލް ފުލުހުންގެ އިދާރާއިން ތުހުމަތު ކުރާ ގޮތުގައި ބްރެޒިލްގެ އިމާރާތް ކުރުމުގެ ދާއިރާގެ ބޮޑެތި އެއްބަސްވުންތަކެއް އޭނާއަށް ބޮޑުބޭބެ ކިޔާ މީހެއްގެ ކުންފުންޏަކަށް ލޫލާގެ ސަރުކާރުން ދީފައިވާ ކަމަށެވެ.

އެކްއާޖިއާ" ކިޔާ ކުންފުންޏަކީ ލޫލާއަށް ބޮޑުބޭބެ ކިޔާ މީހެއް ކަމަށްވާ ޓައިގޫރާ ރޮޑްރިގޭޒް އަށް ނިސްބަތްވާ ކުންފުންޏެވެ.

ފެޑްރަލް ފުލުހުންގެ އާންމު ރިޕޯޓްގައި ބުނެފައިވަނީ ބްރެޒިލްގެ ސަރުކާރުން އެންގޯލާގައި ހިންގި އިންޖީނިއަރިން ޕްރޮޖެކްޓްތައް "އޮޑީ ބްރެޗްޓް އާއި އެކްއާޖިއާ" ހަވާލުކޮށްފައިވަނީ ރިޝްވަތުގެ ގޮތުގައި 6.25 މިލިއަން ޑޮލަރު ނުވަތަ 20 މިލިއަން ބްރެޒިލް ރިއާލް ރިޝްވަތުގެ ގޮތުގައި ދިނުމުން ކަމަށެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޓައިގުޜާގެ އިތުން އިތުރު ހަތް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ލޫލާގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ "ކުރީގެ ރައީސް މި ތުހުމަތައް ދޮގު ކުރައްވާ" ކަމަށާއި "ކޮންޓްރެކްޓްތައް ދިނުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް" ކަމަށެވެ. ވަކީލުންގެ ޓީމުން ވަނީ ފެޑްރަލް ފުލުހުންގެ ތަހްގީގީ ޑޮކިޔުމެންޓްތައްވެސް ނުލިބެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.