ފިނިޕޭޖް

"ރައީސް" ގެ ޓްރެއިލާ ޝާހްރުކްގެ އުފަންދުވަހު ނެރެނީ

Oct 7, 2016

މިއަހަރުގެ ފިތުރު އީދުގައި ސަލްމާން ޚާންގެ "ސުލްތާން" އާއެކު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ޝާހްރުކް ޚާންގެ "ރައީސް" އެފިލްމާއެކު ކުރިމަތިލުމަކަށް ނުދާންވެގެން ރިލީޒްކުރާ ދުވަސް އަންނަ އަހަރުގެ ޖެނުއަރީ އަށް ވަނީ ލަސްކޮށްފަ އެވެ.

ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ މިިފިލްމުގެ ޓްރެއިލާ މިމަހުގެ ފަހުކޮޅު ރިލީޒްކުރާ ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް
އާއެކު ރިލީޒްކުރާ ވާހަކަތަކެއް ދެކެވުނު ނަމަވެސް ޝާހްރުކް މިވަނީ "ރައީސް"ގެ ޓްރެއިލާ އޭނާގެ 51 ވަނަ އުފަންދުވަހު ނެރެން ނިންމާފަ އެވެ.

ނޮވެމްބަރު 2 ވަނަ ދުވަސް ކަމަށްވާ ޝާހްރުކްގެ އުފަންދުވަހު މިފިލްމުގެ ޓްރެއިލާ ރިލީޒްކުރަން ނިންމީ މިފިލްމާ އެއްދުވަހެއްގައި ރިލީޒްވާ ރިތިކް ރޯޝަންގެ "ކާބިލް" ގެ ޓްރެއިލާ "އެއި ދިލްހޭ މުޝްކިލް" އާއެކު އެދުވަހު ރިލީޒްކުރާ އަނެއް ފިލްމު ކަމަށްވާ އަޖޭ ދޭވްގަންގެ "ޝިވާއޭ" އާއެކު ރިލީޒްވާތީ ޝާހްރުކްގެ ފިލްމުގެ ޓްރެއިލާ އަށް ލިބޭ ތަރުހީބު ކުޑަވެދާނެތީ އެވެ.

"ރައީސް" އާއި "ކާބިލް" ގެ ޓްރެއިލާގެ ކުރިން އޮކްޓޯބަރުގެ ފަހުކޮޅު އާމިރް ޚާންގެ ޑިސެމްބަރުގައި ރިލީޒްކުރާ "ޑަންގާލް" ގެ ޓްރެއިލާވެސް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކައިރި ކައިރީގައި ބޮޑު ތިން ފިލްމެއްގެ ޓްރެއިލާ ރިލީޒްކުރުމުން މާބޮޑު ތަރުހީބު ނުލިބިދާނެ ކަމަށް ބަަލައި ޝާހްރުކް އޭނާގެ ފިލްމުގެ ޓްރެއިލާ އުފަންދުވަހު ރިލީޒްކުރަން ނިންމާފައިވަނީ، އުފަންދުވަހު އޭނާގެ ގޭގައި ނޫސްވެރިންނަށް ބާއްވާ ހާއްސަ ޕްރެސް ކޮންފަރެސެއްގަ އެވެ. އަދި އޭގެފަހުން ފިލްމުގް ޓްރެއިލާ ބެލުންތެރިންނަށް ސޯޝަލް މީޑީއާ އަށް ދޫކޮށްލާނެކަމަށް ވާއިރު، އެރޭ ޝާހްރުކްގެ ގާތް ރަހުމަތްތެރިނަށް ބާއްވާ ޕާޓީގައި ވެސް ފިލްމުގެ ޓްރެއިލާ ދައްކާލުމަށް ވަނީ ނިންމާފަ އެވެ.

ޝާހްރުކް ނުބައިބައި މީހެއްގެ ރޯލުން ފެނިގެންދާ މިފިލްމުގައި އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޕާކިސްތާނުގެ މަޝްހޫރު ބަތަލާ މަހީރާ ޚާން އެވެ. އަދި މިފިލްމުގައި މުހިންމު ރޯލަކުން އެކްޓަރު ނަވާޒުއްދީން ސިއްދީގީ ވެސް ފެނިގެންދާނެ އެވެ.

ސަލްމާންގެ ފިލްމާ އެއްދުވަހެއްގައި ރިލީޒްކޮށް ކުރިމަތިލުމަކަށް ނުދާންވެގެން އަންނަ ޖެނުއަރީ 26 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ފަސްކުރި މިފިލްމު ރިތިކްގެ "ކާބިލް" އާއެކު ބޮކްސް އޮފީހުގެ ވަރުގަދަ ކުރިމަތިލުމަކަށް ދާނެކަން ޔަގީންވެފައިވާއިރު، "ރައީސް" ގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ އާއި ޝާހްރުކް އަންނަނީ މިފިލްމު ޕްރޮމޯޝަން އަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ.

ރާހުލް ދޯލާކިޔާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ ބައެއް މަންޒަރުތައް އަދި ނަގައި ނުނިމޭއިރު، އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައިގައި ޕާކިސްތާނުގެ އެކްޓަރުންނަށް ބޮލީވުޑްގައި ނޫޅެވޭނެ ކަމަށް ބުނެ އެގައުމުން ބޭރުކޮށް، އެމީހުން އުޅޭ އެއްވެސް ފިލްމެއް އިންޑިއާގައި ރިލީޒްނުކުރެވޭނެ ކަމަށް އަންނަނީ ބުނަމުންނެވެ.