ޗައިނާ

ބޭޖިން އިންޓަނޭޝަނަލް އާޓް ބިއެނާލްގައި ބައިވެރިވާން ހުޅުވާލައިފި

Oct 10, 2016

"ބޭޖިން އިންޓަނޭޝަނަލް އާޓް ބިއެނާލް – ޗައިނާ 2017" (ބިއައިއޭބީ) ގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އިން ބުނީ ބެއިޖިންގައި ހުންނަ ޗައިނާގެ ނެޝަނަލް މިއުޒިއަމްގައި 24 ސެޕްޓެންބަރު 2017 އިން 15 އޮކްޓޫބަރު 2017 އަށް ބާއްވާ އެ އިވެންޓުގައި ރާއްޖޭގެ ހަތަރު ކުރެހުންތެރިޔަކަށް ފުރުސަތު ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

މި ބިއެނާލްގައި ބައިވެރިވާޏް ބޭނުންވާ ދިވެހި ކުރެހުންތެރިން މި މަހުގެ 16 ވަނަ ދުވަހުގެ 1:30 ގެ ކުރިން ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އަށް ޕްރޮފައިލާއި ސީވީ ހުށަހެޅުއްވުމަށް ވެސް އެ ސެންޓަރުން ވަނީ އެދިފައެވެ.

މިކަމަށް އެންމެ ގާބިލް ފަރާތްތައް ހޮވާނީ އިވޭލުއޭޓް ކުރުމަށް ފަހު އެވެ.

ފަހަކަށް އައިސް ޗައިނާގެ ފަންނީ މައުރަޒުތަކާއި ވިޔަފާރީގެ ފެއާތަކުން ރާއްޖެއަށް ވަރަށް ގިނަ ފުރުސަތުތައް ތަނަވަސްވެފައި ވެއެވެ.