މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް

ޗައިނާ އިން ރާއްޖެއަށް 10 ޕިކަޕް ހަދިޔާކޮށްފި

މުނިސިޕަލް ހިދުމަތްތަކުގައި ބޭނުންކުރުމަށް ޗައިނާ އިން ރާއްޖެއަށް 10 ޕިކަޕް ހަދިޔާކޮށްފި އެވެ.

ޗައިނާގެ ޝަންގް ޑޮންގް ޕްރޮވިންސުން ހަދިޔާކުރި ޕިކަޕްތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ޕިކަޕްތަކާ ހަވާލުވެވަޑައިގަތީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު އެވެ.

މި ޕިކަޕްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ރާއްޖޭގެ ހަތް ސަރަހައްދުގައި ހިންގާ ޕަބްލިކް ވޯކް ޔުނިޓްތަކުގައެވެ. ޕިކަޕްތައް ޔުނިޓްތަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ޗައިނާ އިން ހަދިޔާކުރި ޕިކަޕް ތަކަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއްއިޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު ޕިކަޕްތަކެއް ކަމަށް ލޯކަލް ގަވަރުންމަންޓް މިނިސްޓްރީން ބުނެ އެވެ.