ޗައިނާ

މިނިސްޓަރު އާދަމް ޝަރީފްވެސް ޗައިނާއަށް ފުރާވަޑައިގެންފި

މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާ މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޗައިނާގެ އެހީތެރިކަން ހޯދުމެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ މޯބައިލްގެ ހިދުމަތް މިހާރަށް ވުރެ ފުރިހަމައަށް ދެވޭނެ ގޮތްތައް ހޯދުމަކީ މިދަތުރުގެ ވަރަށް މުހިއްމު ބޭނުމެއް ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މިދަތުރުގައި ޗައިނާގައި 5ޖީގެ ހިދުމަތް ދޭ ފަރާތްތަކާ އެކު ބައްދަލުކުރައްވައި ރާއްޖޭގައިވެސް ހިދުމަތްތައް ފުޅާކުރެވޭނެ ގޮތްތައް ދެނެގަނެވޭނެ ކަމަށެވެ.

ރާއްޖޭގެ އިތުރު ތިން ވަޒީރަކު މިވަގުތުވެސް ތިއްބެވީ ޗައިނާ ގައެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ.