ހަބަރު

ދިރާގު ކަސްޓަމަރުންނަށް "ފަސޭހަ މަގު" ހިލޭ

ދިރާގު ކަސްޓަމަރުންނަށް އެއްވެސް ޗާޖަކާ ނުލާ "ފަސޭހަ މަގު" އެޕްލިކޭޝަން ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ. ފަސޭހަ މަގު އެޕަކީ މާލޭ މަގުތައް ބަންދުކޮށްފައި ހުންނަ ގޮތާއި ތަންތަން ކުރިން ބަލާލުމަށާއިމާލޭގައި ހުރި އެކި މައްސަލަތައް ރިޕޯޓު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕް އެކެވެ.

މިކަމާބެހޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ފަސޭހަ މަގު އެޕް ލޯންޗު ކުރީ ރައްޔިތުންނަށް ލުއި ފަސޭހަކޮށް މަގުތަކުގެ މައްސަަލަތައް ހުށަހަޅާ މައުލޫމާތު ލިބިގަތުމަށް ކަމަށެވެ. އެގޮތުން ދިރާގު ކަސްޓަމަރުންނަށް އެއްވެސް ޑޭޓާ އަކާނުލައި އެއެޕް ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސަން ދިރާގާއި އެކު އެއްބަސްވީ ކަމަށެވެ.

"މާލޭގައި އެތަށް ހާސް ބަޔަކު އުޅެނމުންދާ އިރު އެތައް ހާސްކަންތައްތަކެއް ހިނގަމުންދޭ، އެކަންކަން ފަސޭހަ ގޮތެއްގައި ހައްލު ކުރުމަށްޓަކައި މި މިނިސްޓްރީން ފަސޭހަ މަގު އެޕް ލޯންޗު ކުރީ. މިއަދާ ހަމަޔަށް ފަސޭހަ އެޕް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަރަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީގެ މި އެޕް ދިރާގު ކަސްޓަމަރުންގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ވެސް ހިލޭ ބޭނުން ކުރެވޭ ގޮތަށް މިނިސްޓްރީއިން ވަނީ ހަމަޖައްސައިފައެވެ.