ވޯލްޑް ޓްރެވަލް އެވޯޑް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފްވެރި ހަތަރު އެވޯޑެއް ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް ލިބުނު ހަތަރު އެވޯޑާ އެކު ރާއްޖޭގެ އިސް ބޭފުޅުން -- ފޮޓޯ: އެމްއެމްޕީއާރްސީ
0%
0%
0%

ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް މުހިއްމު ހަތަރު އެވޯޑެއް ލިބިއްޖެ އެވެ.

ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށް ދިޔަ ހަފްލާއެއްގައި ރާއްޖެއަށް މިއަހަރު ލިބުނީ އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އެވޯޑާއި، އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑާއި، އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑުގެ އިތުރުން އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑެވެ.

ރާއްޖޭގެ ފަރާތުން އެވޯޑްތަކާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ޚަލީލާއި، އެމްއެމްޕީއާރްސީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހްގެ އިތުރުން އެމްއެމްޕީއާރްސީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ފާތިމަތު ތައުފީގު އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް 1993 ވަނަ އަހަރު ދޭން ފަށައި މި އެވޯޑަށް 2003 ވަނަ އަހަރު އިންޑިއަން އޯޝަން ކެޓަގަރީ އިތުރުކުރި ފަހުން ރާއްޖެއިން ވަނީ ގިނަ އެވޯޑްތަކެއް ހޯދާފަ އެވެ. އެގޮތުން ރާއްޖެއިން ވަނީ ލީޑިން ޑެސްޓިނޭޝަން 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން ހަ ފަހަރު އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑް ނުވަ ފަހަރު ހާސިލްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް މިއަަހަރު ލިބުނު ކާމިޔާބީއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އެކަމުންވެސް ރަނގަޅު ގޮތްތަކެއް ވާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678