ޓޫރިޒަމް

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ހަތަރު ވަނަ ފަހަރަށް ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިން ދޭ އެންމެ ޝަރަފުވެރި އެވޯޑު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ޖެހި ޖެހިގެން ހަތަރުވަނަ ފަހަރަށް ރާއްޖެއިން ހޯދައިފި އެވެ.

ޓޫރިޒަމް ދާއިރާގެ "އޮސްކާ" ގެ ގޮތުގައި ސިފަކުރާ މި އެވޯޑު ހަފުލާ ބާއްވާފައިވަނީ ރޭ ދުބާއީގެ ބުރޫޖު އަލް އެރެބް ހޮޓެލްގަ އެވެ.

މި ހަފުލާގައި ރާއްޖެއިން ވަނީ ޑަބްލިއުޓީއޭ އިން ދޭ "ގްލޯބަލް ޓޫރިޒަމް ރެޒިލިއަންސް އެވޯޑް 2023" ހާސިލުކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ހަތް ރިސޯޓަކަށްވެސް ވަނީ އެވޯޑް ލިބިފަ އެވެ.

ޑަބްލިއުޓީއޭއިން ރާއްޖެއަށް ލިބުނު އެވޯޑްތައް

  • ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް 2023 - ހުޅުލެ އައިލެންޑް ހޮޓެލް
  • ވޯލްޑް ލީޑިން ބުޓީކް އެއާޕޯޓް ހޮޓެލް 2023 - ހޮޓެލް ޖެން މާލެ ބައި ޝަންގްރިއްލާ، މޯލްޑިވްސް
  • ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް 2023 - ޖޭއޭ މަނަފަރު
  • ވޯލްޑް ލީޑިން ލަގްޒަރީ ހަނީމޫން ރިސޯޓް 2023 - ވައްކަރު މޯލްޑިވްސް
  • ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2023 - ވޮއްމުލި ރިސޯޓް
  • ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް 2023 - ވެލާ ޕްރައިވެޓް އައިލެންޑް
  • ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް 2023 - އެމަރަލް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ވޯލްޑް މޯސްޓް ރޮމޭންޓިކް ރިސޯޓް 2023 - ބަރޮސް މޯލްޑިވްސް

މީގެ އިތުރުން ޑަބްލިއުޓީއޭ އިން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް ބޯޑަކަށް ހޮވިފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) އެވެ.

މިއީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އެ ކޯޕަރޭޝަނުން މި އެވޯޑް ހޯދި އަހަރެވެ.