ޓޫރިޒަމް

ހޮންގް ކޮންގް އެއާލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް

ހޮންގް ކޮންގް އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.

އެ އެއާލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލީ ކޮވިޑް-19 އާ ގުޅިގެންނެވެ.

ރާއްޖެއަށް އަލުން ދަތުރުތައް ފަށައި ހޮންގް ކޮންގް އެއާލައިންގެ ފުރަތަމަ ފްލައިޓް އައީ ރޭ 7:30 ހާއިރު 209 ފަސިންޖަރުންނާއެކު އެވެ.

ހޮންގް ކޮންގް އެއާލައިނަށާއި އެ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ވީއަައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި ހޮންގް ކޮންގް އެއާލައިނުން ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ދަތުރުކުރާނެ އެވެ. އެގޮތުން ހުކުރު، އާދިއްތަ އަދި ބުދަ ދުވަހު ދަތުރުކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ޗައިނާގެ ސީޗުއާން އެއާލައިން އާއި ބީޖިން ކެޕިޓަލް އަދި އީސްޓަން އެއާލައިނުން މިހާރުވެސް ރާއްޖެއަށް ދަތުުރުތައްކުރެ އެވެ.