ވޯލްޑް ޓްރެވަލް އެވޯޑް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 10 ކެޓަގަރީއެއްގައި ރާއްޖެ

Jul 24, 2021

ވޯލްޑް ޓްރެވަލް އެވޯޑް 2021 ގައި އިންޑިއާ ކަނޑުގެ 10 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.

އެ އެވޯޑަށް އިންޑިއާ ކަނޑުގެ 10 ކެޓަގަރީއަކަށް ރާއްޖެ ވަނީ ނޮމިނޭޓުވެފަ އެވެ. މި އަހަރު އޮންނާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ 28 ވަނަ ހަފުލާ އެވެ.

ރާއްޖެ ނޮމިނޭޓްވެފައިވާ ކެޓަގަރީތައް

  • އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން 2021
  • އިންޑިއަން އޯޝަން ލީޑިން ކްރޫސް ޑެސްޓިނޭޝަން 2021
  • އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން 2021
  • އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން 2021
  • އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން 2021
  • އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2021
  • އިންޑިއަން އޯޝަން ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2021
  • އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑް 2021:
  • އިންޑިއަން އޯޝަން ލީޑިން ވެޑިން ޑެސްޓިނޭޝަން 2021
  • އިންޑިއަން އޯޝަން ލީޑިން އެޑްވެންޗާ ޓޫރިޒަމް ޑެސްޓިނޭޝަން 2021

މި ފަހަރު ރާއްޖެ ވަނީ ވޯލްޑް ކްރޫސް އެވޯޑްސްގެ އިންޑިއަން އޯޝަންސް ބެސްޓް ކްރޫސް ޑެސްޓިނޭޝަން 2021 އަށް ވެސް ނޮމިނޭޓުވެފަ އެވެ.

އަންނަ ސެޕްޓެމްބަރުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާ ކަނޑުގެ ކެޓަގަރީތަކަށް ވޯޓުލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ވޯލްޑް ކްރޫސް އިންޑިޔާ ކަނޑުގެ ކެޓަގަރީތަކަށް ވޯޓު ލުމަށް ހުޅުވާލާފައި ވަނީ މިފެށޭ އޮގަސްޓުގެ ފަހު ދުވަހާ ހަމައަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑް ދޭން ފަށާފައި ވަނީ 1993 ވަނަ އަހަރުން ފެށިގެނެވެ. މި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. ރާއްޖެއަށް މީގެ ކުރިން ވެސް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އެކި އެވޯޑުތައް ލިބިފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ލިބިފަ އެވެ.