ހަބަރު

ޑިސްޓްރިބިއުޝަން ފޮށިތައް ދުވާރުމަތިން ނަގަނީ

މާލޭ މަގުތަކުގެ ޕޭވްމަންޓު މަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް ނަގަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭ ސިޓީގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެ މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ދެން އެންމެ އަވަހަށް ފަށާނެ މަސައްކަތަކީ ޕޭމަންޓުތަކުގައި ހުންނަ ޑިސްޓްރިބިއުޝަން ފޮށިތައް ނެގުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ނަގާ ޑިސްޓްރިބިއުޝަން ފޮށިތައް ލާނީ ފާރު ތެރެއަަށް ކަމަށާއި އެނޫން ނަމަ އެހެން ޕަބްލިކް ސަރަހައްދަކަށް ބަދަލު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއިން ވަރަށް ގިނަ މީހުނަނަށް އުނދަގޫވޭ. ހަނި ހަނި ޕޭމަންޓުގެ އެއްބައިގައި މި ހުންނަނީ ޑިސްޓްރިބިއުޝަން ފޮށިތައް. އެހެންވެ ޕޭމަންޓުން ޖާގަ ނެތިގެން މަގުމަތީ ހިނގަން ޖެހެނީ. އަދި އެކަން ކުރަން ބަލާއިރު ޕާކުކޮށްފައި އޮންނާތީ ބޮޑެތި އުނދަގޫތައް ދިމާވެ. އެހެންވެ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް އެތަކެތި ބަދަލު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް ދިރާގާއި އަދި ސްޓެލްކޯއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދެ ކުންފުނީގެ އެއްބާރުލުން ލިބެބުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.