ފްރާންސް

ހަލަބުގެ ޖަރީމާތައް ފްރާންސުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް

Oct 11, 2016

ސީރިޔާގެ ހަލަބުގައި ހިނގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގް ކުުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާނެ ކަމަށް ފްރާންސްގެ ހާރިޖީ ވަޒީރު ޖީން މާކް އައިރަލްޓް ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓަށް މި މައްސަލަ ހުށަހެޅުމަށް ފްރާންސުން ނިންމާފައިވަނީ މިދިޔަ ހަފުތާގައި އދ. ގެ ސަލާމަތީ މަޖިލީހަށް ހަލަބުގެ ހަނގުރާމައިގެ ކަންކަން ބެލުމަށް ހުށަހެޅި މައްސަލަ ރަޝިޔާއިން ވީޓޯ ކުރުމުނުންނެވެ. ރަޝިޔާ އާއި ސީރިޔާގެ ސަރުކާރުން ދަނީ ހަލަބުގެ ހޮސްޕިތަލްތަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ.

"ރަޝިޔާއިން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް އަހަރެމެންނަށް ބަލައެއް ނުގެނެވޭނެ. ހަލަބުގެ އާބާދީ ހިމާޔަތް ކުރުމަށް ފްރާންސް މިދަނީ މަސައްކަތް ކުރަމުން" ފްރާންސްގެ އިންޓަ ރޭޑިއޯ އަށް ދެއްވި އިންޓަވިއުގައި ޖީން މާކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްރާންސްގެ ރައީސް އޮލާންޑޭ މިމަހު 19 ވަނަ ދުވަހު ރަޝިޔާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ރަޝިޔާގެ ރައީސް ވަލްޑިމިއާ ޕުޓިން އާ ބައްދަލު ކުރައްވާނަމަ، އެކަމަށް ވަކި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.