އޯޖީ އިމޭޖް

ދިރާގުން އައިފޯނު 7 ގެ ތިންވަނަ ސިޕްމެންޓެއް ގެނެސްފި

އައިފޯން 7 އަދި އައިފޯން 7 ޕްލަސްގެ އާ ސިޕްމެންޓެއް ދިރާގުން ރާއްޖެ ގެނެސްފި އެވެ. މިއީ ދިރާގުން ރާއްޖެ ގެނައި، އައިފޯނު 7 ގެ ތިންވަނަ ސިޕްމެންޓެވެ.

ދިރާގުން މިއަދު ބުނީ، އައިފޯނުގެ ތިންވަނަ ސިޕްމެންޓް ރާއްޖެ ގެނެސްފައިވާއިރު މިއީ ޕްރީ އޯޑާ ނުކުރެވުނު ކަސްޓަމަރުންނަށް އައިފޯނު ހޯދުމަށް ރަނުގެ ފުރުސަތެއް ކަމަށެވެ. ދިރާގުން ބުނީ މިއަދު ފެށިގެން އައިފޯނު ދިރާގުން ވިއްކަން ފަށާފައިވާ ކަމަށެވެ. ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރުތަކުން އައިފޯނު ގަންނަން ލިބެން ހުންނާނެ ކަމަށެވެ.

ދިރާގުން އައިފޯން 7 ގަންނަ ކޮންމެ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް ހަ މަސް ދުވަހަށް ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބެ އެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީ ޑޭޓާއާއި ދިރާގު ނަމްބަރުތަކަށް ގުޅުމަށް ހިލޭ 300 މިނިޓު ލިބެ އެވެ.

އައިފޯނު އިންސްޓޯލްމަންޓަށް ނަގަން ބޭނުންވާ ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގުން ވަނީ ހާއްސަ ޕްލޭންތަކެއް ވެސް ތައާރަފު ކޮށްފައެވެ.