އުއްތަމަ ފަނޑިޔާރު

ޝަރުއީ ދާއިރާއިން އިންވެސްޓަރުންނަށް އިތުބާރު ހޯދައިދޭނެ: އުއްތަމަ ފަނޑިޔާރު

Oct 18, 2016
1

ޝަރުއީ ދާއިރާގެ ތެރެއިން ބޭރުގެ އިންވެސްޓަރުންނަށް އިތުބާރު ހޯދައިދޭން މަސައްކަތް ކުރާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެވެ.

އާ ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮމާޝަލް ބިޒްނަސް އާއި ފައިނޭންޝަލް ދާއިރާ އަކީ ގާނޫނީ ގްރެޖްއޭޓުން ހާއްސަވުމުގައި އިސްކަންދޭންޖެހޭ ދާއިރާއެއް ކަމަށާއި ޝަރުއީ ދާއިރާގެ ކުރިއެރުވުމަށް ވެސް މަޝްރޫއުތައް ކުރިޔަށްދާ ކަމަށެވެ. އޭގެ ތެރޭގައި ކޯޓުތަކާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅައިލާ ވައިޑް އޭރިއާ ނެޓްވޯކްގެ މަޝްރޫއާއި އިލެކްޓޯނިކް ޕައިރިން ސިސްޓަމް ގާއިމްކުރުމުގެ މަޝްރޫއު ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ހިނގާ މަޝްރޫއުތަކަކީ ރާއްޖޭގެ އިގްތިސޯދީ އިޖްތިމާއީ އަދި ތަރައްގީގައާއި އެހެނިހެން މައިދާންތަކަށް އަންނަ ބަދަލާ އެއްގޮތަށް ޝަރީއަތް ކުރުމާއި ޝަރުއީ ދާއިރާ ތަރައްގީކޮށް ހަރުދަނާ ކުރެވޭނެ މަޝްރޫއުތައް ކަމަށާއި އޭގެ ސަބަބުން ހަމަހަމަ ކަމާއެކު އަދުލު އިންސާފު ކަށަވަރުކޮށްދިނުމާއި ގާނޫނުގެ ހުކުމް ކަށަވަރުކޮށްދިނުން ފުރިހަމަ ކުރެވޭނެ ކަމަށެވެ.