އިލެކްޝަންސް ކޮމިޝަން

ވޯޓާބެހޭ ކޮންފަރެންސެއްގައި އީސީން ބައިވެރިވެއްޖެ

Oct 22, 2016

އިންޑިއާގެ ނިއުދިއްލީގައި މި މަހު ބޭއްވި ވޯޓާބެހޭ ކޮންފަރެންސެއްގައި އިލެކްޝަން ކޮމިޝަން (އީސީ)އިން ބައިވެރިވެއްޖެ އެވެ. އެ ކޮންފަރެންސަކީ އިންޑިއާގެ އިލެކްޝަން ކޮމިޝަނުން އިންތިޒާމްކޮށްގެން ބޭއްވި ކޮންފަރެންސެކެވެ.

"ވޯޓާ އެޑިއުކޭޝަން ފޮ އިންކްލޫސިވް އިންފޯމްޑް އެންޑް އެތިކަލް ޕާޓިސިޕޭޝަން" ގެ ނަމުގައި ބޭއްވި އެ ކޮންފަރެންސް ކުރިއަށް ގެންދިޔައީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ.

އީސީން ބުނީ، ތިން ދުވަހުގެ އެ ކޮންފަރެންސްގައި، އިންތިހާބުތަކުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން އެދެވޭ ގޮތެއްގައި ހިފުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އިންތިހާބާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި ރައްޔިތުން އިންތިހާބުތަކުގައި ބައިވެރިވުމަށް ދިމާވާ ހުރަސްތައް ނައްތާލުމާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ ކޮންފަރެންސްގައި އީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި އިދާރީ މުވައްޒަފު އައިޝަތު ނަމްޒާ އެވެ.