ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ބޭރުގެ ހަ ގައުމެއްގައި ވޯޓުފޮށި ބަހައްޓަނީ

އިންތިހާބެއްގައި މީހަކު ވޯޓުލަނީ -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގެ ހަ ގައުމެއްގައި ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މަޖިލިސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓާނީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގަ އެވެ.

ވޯޓުފޮށި ބަހައްޓާ ގައުމުތަކާއި ސިޓީ

  • އިންޑިއާ - ޓްރިވެންޑްރަމް
  • ސްރީލަންކާ - ކޮލަމްބޯ
  • މެލޭޝިޔާ - ކުއަލަލަމްޕޫރު
  • ތައިލެންޑް - ބެންކޮކް
  • އިނގިރޭސި ވިލާތް - ލަންޑަން
  • ޔުނައިޓެޑް އެރެބް އެމިރޭޓްސް - އަބޫދާބީ

މަޖިލިސް އިންތިހާބުގައި ބޭރުގެ ހަ ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޭރުގެ ފަސް ގައުމެއްގައި ވޯޓުފޮށި ބެހެއްޓި އެވެ. އެފަހަރު ވޯޓުފޮށިތައް ބެހެއްޓީ އިންޑިއާ، ސްރީލަންކާ، މެލޭޝިޔާ، އިނގިރޭސިވިލާތް އަދި ޔޫއޭއީގަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު ވޯޓުފޮށި ބަހައްޓާ ތަންތަނުގެ މައުލޫމާތު އެ ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910