ދުނިޔެ

މެކްސިކޯގެ މަސްތުވާތަކެތީގެ ބޮޑެއް އަނެއްކާވެސް ހައްޔަރުކޮށްފި

Mar 4, 2015

މުޅި ދުނިޔޭގަައި ވެސް މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ވަރުގަދަ އެއް ގައުުމު ކަމަށްވާ މެކްސިކޯގައި އެ ވިޔަފާރީގެ ބޮޑުން ހައްޔަރުކުރަން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި އެވެ.

"ނައިޓްސް ޓެމްޕްލާ" ނަމަކަށް ކިޔާ ޖަމާއަތެއް ހިންގާ ގޮމޭޒް އަކީ ކުރިން ޓީޗަރެކެވެ. އޭނާ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް ވަދެ އޭނާގެ ބާރު އާދަޔާ ހިލާފަށް ގަދަވެގެން ގޮސް އޭނާ އަކީ މެކްސިކޯގެ މިޗޯކަން ސްޓޭޓް ކޮންޓްރޯލް ކުރާ މީހާ އެވެ. އޭނާ ހައްޔަރުކުރީ ވެސް އެ ސްޓޭޓްގެ މޮރެލިއާ އިންނެވެ.