ވިޔަފާރި

ކެތޭ ޕެސިފިކުން ރާއްޖެއަށް ޓިކެޓުގެ އަގު 30 ޕަސެންޓް ހެޔޮކޮށްފި

Oct 26, 2016

ކެތޭ ޕެސިފިކުން ރާއްޖެ އަށް ދަތުރުފެށިތާ ތިން އަހަރު ފާހަގަ ކުރުމުގެ ގޮތުން ޓިކެޓުގެ އަގު 30 ޕަސެންޓް ހެޔޮކޮށް، ހާއްސަ ޕްރޮމޯޝަނެއް މާދަމާ ފަށާނެ އެވެ.

ކެތޭ ޕެސިފިކުން ނެެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މި ޕްރޮޝަން ފެށިތާ ތިން އަހަރު ފުރުމުގެ ގޮތުން 14 މަންޒިލަކަށް ޓިކެޓުގެ އަގު ހެޔޮކޮށްފައިވާ ކަމަށެވެ. ޓިކެޓުގެ އަގު ހެޔޮ ކުރި މަންޒިލްތަކުގެ ތެރޭގައި ލޮސްއެންޖެލިސް އާއި ނިއުޔޯކް، ސެންފްރެންސިސްކޯ، ޓޮރެންޓާ، ވެންކޫވާ، މެލްބަން، ސިޑްނީ، އޯކްލަންޑް، ނަރީޓާ، ސޯލް، ބެއިޖިން، ޗެންހާއީ، ޓައިޕޭ އަދި މެނީލާ ހިމެނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދަނީ މާދަމާއިން ފެށިގެން ނޮވެމްބަރު 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކެތޭ ޕެސިފިކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 27 އޮކްޓޫބަރު 2013 ވަނަ އަހަރު އެވެ. މި އެއާލައިނުން ސީދާ ހޮންކޮންގުން ރާއްޖެ އަށް ހަފުތާއަކު ހަތަރު ފްލައިޓް ބާއްވާނެ އެވެ. އަދި ހޮންކޮންގުން ދުނިޔޭގެ 175 މަންޒިލަކަށް އުދުހެ އެވެ.

ކެތޭ ޕެސިފިކު މޯލްޑިވްސްގެ މެނޭޖަރު އަނެކް ޗޭން ވިދާޅުވީ ރަނގަޅަށް ދަތުރުކުރުމަކީ ރަނގަޅަށް ދިރިއުޅުމުގެ މުހިންމު ބައެއް ކަމަށެވެ.

"ހޮންކޮންގް-ރާއްޖެ ދަތުރު ތަކަށް ތިން އަހަރު ފުރުން ރާއްޖޭގެ ރައްޔިތުންނާއެކު ފާހަގަ ކުރާއިރު މި ޕްރޮމޯޝަންގެ ފެއާ ތައާރަފު ކުރަނީ ވަރަށް އުފަލާއެކުގަ އެވެ،" ޗޭން ވިދާޅުވި އެވެ.