ބޭރު ކުޅިވަރު

އަހަރެން 2002 ގައި ޖެހި ގޯލަށްވުރެ ނަޗޯގެ ގޯލް ފުރިހަމަ: ޒިދާން

Oct 27, 2016

ޔޫއެފާ ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗްގައި ބަޔާން ލެވަކޫސަން ކޮޅަށް ރެއާލް މެޑްރިޑްގައި ޒައިނުއްދީން ޒިދާން ޖެހި ގޯލަށް ވުރެ ރޭ ސްޕެނިޝް ކަޕްގައި ކަލްޗަރަލް ލިއޯންސޭ ކޮޅަށް ރޭ ރެއާލްގެ ނަޗޯ ޖެހި ގޯލް ކާމިޔާބު ކުރި ގޯލް ފުރިހަމަ ޒިދާން ބުނެފިއެވެ.

ދެހާސް ދެ ވަނަ އަހަރު ޗެމްޕިއަންސް ލީގްގެ ފައިނަލް މެޗްގައި ރެއާލް މޮޅުވި ލަނޑު ޒިދާން ކާމިޔާބު ކުރީ ބޯޅަ ވައިގެ ތެރޭގައި އެއްވައި ސީދާ ގޯލްގެ މަތީ ދާގަނޑަށް ފޮނުވާލައިގެންނެވެ.

"ނަޗޯގެ ގޯލް ވަރަށް ފުރިހަމަ، އަހަރެން އޭނައާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ، އެގޯލަކީ ތާރީހްގެ ތެރެއަށް ވަދެގެންދާނެ ގޯލެއް. ރެއާލް ނުވަ ވަނަ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރިއިރު އަހަރެން ކާމިޔާބު ކުރި ގޯލަށް ވުރެ ނަޗޯގެ ގޯލް ފުރިހަމަ ނޫންތަ. މި ގޯލް ތާރީހްގެ ތެރެއަށް ވަދެގެންދާނެ ނަޗޯއަށް އެކަން ހައްގު އޭނާ އަކީ ޕްރެކްޓިހުގައި ވަރަށް ޕްރޮފިޝަނަލް ކޮށް މަސައްކަތް ކުރާ ކުޅުންތެރިޔެއް،" ޒިދާން ބުންޏެވެ.

ރެއާލްގެ ހަ ވަނަ ގޯލް ނަޗޯ ކާމިޔާބު ކުރީ ވައިގެ ތެރޭގައި އޮތް ބޯޅަ ވެއްޓީގެންފައި ސީދާ ގޯލްގެ މަތީ ދާގަނޑަށެވެ.

ރޭ ގެ މެޗްގައި ޓީމު ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ

ސްޕެނިޝް ކަޕްގައި ރޭ ލިއޯންސޭއާ ދެކޮޅަށް ކުޅުނު މެޗް ރެއާލް ކާމިޔާބު ކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މުހިންމު ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތު ބޭލް އާއި ކަރީމް ބެންޒެމާގެ އިތުރުން ލުކާ މޮޑްރިޗް ނުލާ ކުލޫނު މެޗްގައި ރެއާލް ވަނީ މޮޅުކުޅުމެއް ދައްކާފައެވެ.

"މެޗް ރަނގަޅަށް ފެށުމުގެ މުހިންމު ކަން އަހަރެމެންނަށް އެނގޭ އަހަރެމެން ކުޅުނީ ވަރަށް މުހިން ޕްރޮފިޝަނަލް މެޗެއް އިދިކޮޅު ޓީމު ވަރުގަދަ އެމީހުން ވަނީ ރަނަގޅު ގޭމެއް ކުޅެފަ،" ޒިދާން ބުންޏެވެ.

އޭނާ ބުނީ "ޓީމުގެ ހުރިހާ ކުޅުންތެރިންނާ މެދުވެސް ހިތްހަމަޖެހޭ،" ކަމަށެވެ.