ވިޔަފާރި

ޑްރައިޕާސް ގަނެގެން އެއް އަހަރަށް ހިލޭ އެޕާޓްމަންޓެއް!

Oct 28, 2016

އަގުހުރި އިނާމްތަކަކާއެކު އޭޑީކޭ ޖެނަރަލް ޓްރޭޑިން އިން "ޑްރައިޕާސް މެގަ ޕެކް" ޕްރޮމޯޝަން ފަށައިފި އެވެ. މި ޕްރޮމޯޝަންގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ދޭން ކަނޑައަޅާފައިވަނީ އެއް އަހަރަށް ހަމަޖެހިގެން ހިލޭ އުޅެލެވޭނެ އެޕާޓްމަންޓެކެވެ.

މި ހަފުތާގެ އާދީއްތަ ދުވަހު ފެށި މި ޕްރޮމޯޝަންގެ އެއް ވަނައަށް ހޮވޭ ފަރާތަކަށް އެޕާޓްމަންޓެއް ދޭން ނިންމާފައިވާއިރު، ދެވަނައަށް ދޭ ފަރާތަކަށް ކަނޑައަޅާފައިވާ އިނާމަކީ ވެސްޕާ ސައިކަލެކެވެ. އަދި ތިން ވަނަ އަށް ހޮވޭ ފަރާތަށް އެއް އަހަރު ދުވަހަށް ޑްރައިޕާސް ހިލޭ ލިބޭނެ އެވެ.

އޭޑީޖޭ ޖެނަރަލް ޓްރޭޑިން އިން ބުނީ، ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ކަމަށެވެ. މިހަފްތާގައި ޕްރޮމޯޝަން ފަށާފައިވާއިރު، މިހާރުވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ ކަމަށެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް ޑްރައިޕާސް މެގަޕެކްގެ ބޭރުގައި ކުރަހާފައިވާ ޕްރޮމޯޝަން ސްޓިކާ ވަކިން ކެފުމަށްފަހު އެ ސްޓިކާ ހިފައިގެން މާލޭގައި ނަމަ އޭޑީކޭ ޖެނަރަލް ޓްރޭޑިން ނުވަތަ ސޯސަން މަގުގައި ހުންނަ "ޖީޓީ ސްނެޕް" ފިހާރައަށް އައުމުން ކޫޕަން ލިބޭނެ އެވެ. އަދި ކުޅުދުއްފުށީގައި ހުންނަ އޭޑީކޭގެ ޑިސްޓްރިބިއުޝަން ސެންޓަރުން ވެސް ކޫޕަން ދޫކުރާނެ އެވެ. އެ ކޫޕަން ފުރުމަށްފަހު އެ ތަންތަނުގައި ބަހައްޓާފައިވާ ލަކީޑްރޯ ފޮއްޓަށް ލުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނާ ގުޅިގެން އޭޑީކޭ އިން ދަނީ އަންނަ ޑިސެމްބަރު މަހު މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ތައްޔާރުވަމުންނެވެ.