ބޭރު ކުޅިވަރު

ފީފާގެ ކޮމިޓީ ގަބޫލު ނުކުރުމުން ގުއަޓެމާލާ ސަސްޕެންޑް ކޮށްފި

Oct 29, 2016

ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ މުއަދަތު އިތުރު ކުރުމަށް ގުއަޓެމާލާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޖެނަރަލް އެސަމްބްލީއިން ދެކޮޅު ހެދުމުން، ފީފާއިން ގުއަޓާމާލާގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކޮށްފިއެވެ.

އުތުރު އެމެރިކާ އަށް ނިސްބަތްވާ ގްއަޓެމާލާފެ އެފްއޭއަށް ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލީ މިދިޔަ އަހަރު ޑިސެމްބަރު މަހު 18 ވަނަ ދުވަހުއެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ފީފާއިން ކަނޑައޅާފައިވަނީ ގްއަޓާމާލާފެ އެފްއޭ ދުވަހުން ދުވަހަށް ހިންގުމަށާއި އަސާސީ ގަވައިދު ފީފާގެ އުސޫލުތަކާ އެއްގޮތަށް ބަދަލުކޮށް މިއަހަރުގެ ސެޕްޓެމްބަރު މަހު 30 ގެ ކުރިން އިންތިހާބު ބޭއްވުމަށެވެ.

މިދިޔަ މަހު ސެޕްޓެމްބަރު މަހު ފީފާގެ ކައުންސިލް ބިއުރޯއިން ނިންމާފައިވަނީ އަސާސީ ގަވައިދު އިސްލާހް ކުރުމަށް އިތުރު ވަގުތު ދިނުމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގެ މުއްދަތު އަންނަ އަހަރު ޖުލައި މަހު 30 ވަނަ ދުވާހާ ހަމަޔަށް އިތުރު ކުރުމަށެވެ.

ނަމަވެސް ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އިތުރު ކުރި ނަމަވެސް، އެކަން ބަލައި ނުގަންނަނަށް އެ އެސޯސިއޭޝަންގެ ޖެނަރަލް އެސަމްބްލީން ވަނީ ނިންމާފައެވެ.

އެހެންވެ އިއްޔަ ފީފާއިން ނިންމާފައިވަނީ ފީފާގެ ނިންމުން ބަލައި ނުގަތުމަށް ނިންމުމުން ބައިނަލްއަގްވާމީ ފުޓްބޯޅަ ހަރަކާތްތަކާއި ފީފާގެ ހަރަކާތްތަކުން ގުއަޓެމާލާގެ ގައުމީ ފުޓްބޯޅަ ޓީމު ތަކާއި ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރުމަށެވެ.

ފީފާއިން ބުނީ ސަސްޕެންޝަން އަނބުރާ ނަގާނީ ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު އިތުރު ކުރުމަށް ނިންމި މައްސަލަ ބަލައިގަތުމުން ކަމަށެވެ. އަދި ފީފާގެ ގަވައިދުތަކަށް އަސާސީ ގަވައިދު ފެއްތުމުން ފީފާއިން އެކަން ތަސްދީގް ކުރުމުން ޖެނަރަލް އެސަމްބްލީއިން އެކަން ތަސްދީގް ކުރުމުންނެވެ.