ބޭރު ކުޅިވަރު

ގާޑިއޯލާ އަށް ފާޑު ކިޔަނީ ކާމިޔާބު ހޯދާތީ: އެންރީކޭ

Oct 29, 2016
1

މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއަށް އަށް ފާޑު ކިޔަނީ އޭނާ ހޯދާފައިވާ ކާމިޔާބަށް ހަސަދަވެރިވާތީ ކަމަށް ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ ބުނެފިއެވެ.

ކުރިން ބާސާ އާއި ބަޔާން މިޔުނިކަށް ކޯޗް ކޮށްދިން ގާޑިއޯލާ، މި ސީޒަންގައި މެން ސިޓީ އާއި ހަވާލުވެ ލީގްގެ ފުރަތަމަ ކޮޅުގެ ނަތީޖާތައް ރަނގަޅަށް ދިޔަ ނަމަވެސް އޭނާ އަށް މިހާރު މައްސަލަ ކުރިމަތިވުމުން ގިނަ ބައެއްގެ ފަޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. ނަމަވެސް އެންރީކޭ ބުނީ ގާޑިއޯލާ ސިޓީ އަނބުރާ ކޮޅަށް ޖަހައި ކާމިޔާބު ހޯދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ގާޑިއޯލާ އަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް އަހަރެން ބުނަން އޮތީ، އޭނާ ކާމިޔާބު ހޯދާނެއޭ އަދި، އަހަންނަށް ޔަގީން އޭނާ މިސީޒަންގައި ތަށި ކާމިޔާބު ކުރާނެ ކަން،" އެންރީކޭ ބުންޏެވެ.

"ފާޑު ކިޔުން އޮންނާނެ ސަބަބަކީ މީހަކު އެއީ ކާމިޔާބު ހޯދާ މީހެއް ކަމުގައި ވާނަމަ އޭނާއަށް ފާޑު ކިޔުން އަމާޒު ވާނެ،"

ރީތި ފުޓްބޯޅަ އެއް ކުޅެ ޕެޕް (ގާޑިއޯލާ) ސީޒަން ނިމޭއިރު އޭނާ މޮޅުވާ ގޮތް ކަލޭ މެންނަށް ވަރަށް ރަނގަޅަށް އެނގޭނެ ހެން، ކާމިޔާބު ހޯދަކަށް ހިސާބު ނަންބަރުގެ ގަވައިދެއް ނޯވޭ،"