ބޭރު ކުޅިވަރު

ބޮޑެތި ޓީމުތައް މޮޅުވިއިރު މޮރީނިއޯ މައްސަލައެއްގެ ތެރެއަށް

Oct 30, 2016

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ކުޅުނު މެޗްތަކުން އާސެނަލް އާއި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ޖޯސޭ މޮރީނިއޯ މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި ހަމަހަމަ ވެގެން ނިމުނު އިރު މެޗްގައި ގިނަ ހަމަލާތަކެއް ވެސް އުފެއްދި އެވެ. ނަމަވެސް ނަމަވެސް ޔުނައިޓެޑް ހުއްޓުވީ އެޓީމުގެ އެކެޑެމީ އުފެއްދި ކީޕަރު ޓޮމް ހީޓަން އެވެ.

ޔުނައިޓަޑަށް އިތުރު މައްސަލައެއް ކުރިމަތިވީ މެޗްގެ 68 ވަނަ މިނެޓްގައި އެންޑާ ހެރޭރާއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

ރެފްރީގެ ނިންމުތަކާ މެދު ހިތް ހަމަނުޖެހުން ފާޅު ކުރުމުން މެޗްގެ ރެފްރީ މާކް ކްލެޓަން ބާގް ވަނީ މޮރީނިއޯ ބެންޗުން ފޮނުވާލާފަ އެވެ. އޭނާގެ ބަދަލުގައި މީޑިއާގެ ސުވާލުތަކަށް ޖަވާބު ދޭން ހާޒިރުވީ އެސިސްޓެންޓް ކޯޗް ރުއީ ފާރިއާއެވެ.

"އަހަރެމެން މިތިބީ އުފަލަކުން ނޫން އަހަރެމެނަށް ލައްކަ ގިނަ ފުރުސަތު ތަނަވަސް ކުރެވިއްޖެ އަހަރެމެން ހީކޮށްގެން ތިބީ ގޯލް ޖެހޭނެ ކަމަށް،" ފާރިއާ ބުންޏެވެ. "އެންމެންނަށް ވެސް ފެންނާނެ މިއަދު އަހަރެމެން މަސައްކަތް ކޮށްފި ކަން އެންމެ ފަހު ވަގުތާ ހަމަޔަށްވެސް އަހަރެމެން މަސައްކަތް ކުރި ނަތީޖާ އެއް ނެރުމައްޓަަކައި އަހަންނަށް ހީވަނީ އެއީ ކަންނޭންގެ އެންމު މުހިންމު ކަމަކީ އަހަންނަށް ހުވާ މިއަދު ޓީމުގެ މަސައްކަތާ މެދު ޖޯސޭ ހުރީ އުފަލުން ކަން،"

މެންޗެސްޓާ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މޮރީނިއޯ ބުނަމުން ދަނީ އޭނާ އަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ. އަދި ޔުނައިޓަޑްގެ ޓީމުގެ ތެރޭގައި މިހާރު ހުރި ކަންކަމަކީ ގިނަ ދުވަސްތަކެއް ވަންދެން ހުރި ކަންކަމަށް ވުމުން އެކަންކަން ހުރީ ޓީމުގައި އާދައަކަށް ވެފައި ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.

ލީގްގައި މިރޭ ކުޅޭ މެޗްތަކުގެ ތެރޭގައި އެވަޓަން އާއި ވެސްޓްހަމް ކުޅޭ މެޗާއި ޗެލްސީ އާއި ސައުތު ހެމްޓަން ކުޅޭ މެޗް ފާހަގަ ކޮށްލެވެއެވެ. އެވަޓަން އާއި ވެސްޓްހަމްގެ މެޗް ރާއްޖޭ ގަޑިން އިރުއޮއްސި 6:30 ގައި ކުޅެން ހަމަޖެހިފައިވާއިރު، ޗެލްސީ އާއި ސައުތު ހެމްޓަން މެޗް އޮންނާނީ ރާއްޖޭ ގަޑިން ނުވައެއް ޖަހާއިރު އެވެ.