ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ސަރުކާރާ ދެކޮޅަށް މަސައްކަތް ފައްޓަވާފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ބައްދަލު ކުރައްވަމުން އެބަ ގެންދަވަ އެވެ.
މައުމޫން މިއަދު ކުނޫޒަށް ދިޔުމާ އެކު އެމަނިކުފާނަށް މަރުހަބާ ދެންނެވީ ގާސިމް އިބްރާހިމް އާއި އެ ޕާޓީގެ މަޖިލިސް މެންބަރުންނާއި ޕާޓީގެ އިސް ސަފުގައި ތިއްބެވި ފަރާތްތަކެވެ. އަދި މައުމޫންއާ އެކު އެ ބައްދަލުވުމުގައި ދުންޔާ އާއި ޔުމްނާ ވެސް ބައިވެރިވެ ވަޑައިގަންވަ އެވެ. ބައްދަލުވުމަށް ފަހު ކުނޫޒްގައި ދެބޭފުޅުން މީޑިއާޔާ ބައްދަލު ކުރައްވާނެ ކަމަށްވެ އެވެ.
އެދެބޭފުޅުން ބައްދަލު މި ކުރައްވަނީ ސަރުކާރުން ކުރާ ކަންކަމާ ދެކޮޅަށް ޖޭޕީ އިން ފާޑު ކިޔަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މައުމޫން ވަނީ އެމަނިކުފާނު މި ސަރުކާރަށް ކުރާ ތާއީދު ގެންދެވިކަން ހާމަ ކުރައްވައިފަ އެވެ. މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުން ހުއްޓާނުލައްވައި ކުރިއަށް ގެންދަވާނެ ކަން މައުމޫން އެރޭ އިއުލާން ކުރެއްވި އެވެ.