ބޮލީވުޑް

ޝާހްރުކާއި އައިޝްވާރިޔާ ކަރަންގެ އާފިލްމެއްގައި

Nov 3, 2016

ސުޕަސްޓާ ޝާހްރުކް ޚާން އާއި މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ އެންމެފަހުން އެކުގައި ފިލްމަކުން ފެނިގެން ގޮސްފައިވަނީ 2002 ވަނަ އަހަރު ނިކުތް ޑައިރެކަޓްރު ސަންޖޭ ލީލާ ބަންސާލީގެ "ދޭވްދާސް" އިންނެވެ.

އޭގެފަހުން މިދެތަރިންނަށް އެކި ފިލްމުތަކުން ހުށަހެޅުންތައް ލިބުނު ނަމަވެސް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" ގައި މިދެތަރިން ވަނީ އެކުގައި ފެނިގެން ގޮސްފަ އެވެ.

ސަާދަ އަހަރު ފަހުން މިދެތަރިން އެކުގައި އަލުން ފިލްމަކުން ފެނިގެން ދިއުންވީ މިދެތަރިން އެކުގައި ފިލްމަކުން ފެނިގެންދާނެ ދުވަހަކަށް ބެލުންތެރިން ކުރަމުން އިންތިޒާރުކުރަމުން ދެގުނަ އަށް ބޮޑުވި ކަމަކަށެވެ.

އެގޮތުން ޑައިރެކްޓަރު ކަރަން ޖޯހަރު މިވަނީ ޝާހްރުކާއި އައިޝްވާރިޔާ ލީޑްރޯލުގައި ހިމަނައިގެން ފިލްމެއް އުފައްދަން ނިންމާފަ އެެވެ. ކަރަން ވަނީ މިފިލްމަށް އޭނާގެ ސިކުނޑީގައި މޮޅު ސްކްރިޕްޓެއް ވެސް އޮތް ކަމަށް ބުނެފަ އެވެ.

ކަަރަންގެ "އޭ ދިލްހޭ މިޝްކިލް" ގައި އައިޝްވާރިޔާ އާއި ޝާހްރުކް ފެނިގެން ގޮސްފައިވަނީ އިނދެ ވަރިކޮށްފައި ތިބޭ މީހުންގެ ގޮތުގަ އެވެ. މިދެތަރިން އކެުގައި މިފިލްމުގައި ފެނިގެން ގޮސްފައިވަނީ ދެތިން މަންޒަރުން ނަމަވެސް ކަރަން ވަނީ މިދެތަރިން އެކުގައި ފެނުމުން ޖާދޫއެއް ފަދަ ކެމިސްޓްރީއެއް ދެތަރިން ދެމެދުގައި ވާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިދެތަރިން ހިމަނައިގެން އާ ފިލްމެއް އުފައްދަން ހިޔާލު ވަގުތުން ލިބުނު ކަމަށް ބުނެފަ އެވެ.

"ދޭވްދާސް" އަށް ފަހު ޝާހްރުކާއި އައިޝްވާރިޔާ ވަނީ "އިޝްގް ކަމީނާ" ކިޔާ ލަވައެއް އެކުގައި ކުޅެފަ އެވެ. އޭގެފަހުން ޝާހްރުކްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން އުފެއްްދި "ޗަލްތޭ ޗަލްތޭ" ގެ ބަތަލާގެ ރޯލަށް އައިޝްވާރިޔާ ހަމަޖައްސައި، އެފިލްމުގެ ބައެއް މަންޒަރުތައް ނެގިފަހުން އެފިލްމުގެ ޝޫޓިން ކުރިއަށް ދަނިކޮށް އެތަނަށް އޭރު އައިޝްވާރިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސަލްމާން ޚާން ގޮސް ހަމަނުޖެހުން ހިންގައި ފިލްމުގެ ސެޓަށް ގެއްލުން ދިނުމުން އެކަމާ ހިތްހަމަ ނުޖެހިގެން ޝާހްރުކް ވަނީ އައިޝްވާރިޔާ ފިލްމުގެ ބަތަލާގެ ރޯލުން ވަކިކޮށް އެރޯލު ރާނީ މުކަރްޖީ އަށްދީ ފިލްމުގެ ޝޫޓް ކޮށްފަ އެވެ.

އެފިލްމުގެ ބަތަލާގެ ރޯލުން އައިޝްވާރިޔާ ވަކިކުރުމުން އެކަމާ ޝާހްރުކް ދެކެ ރުޅިއައިސްގެން އޭނާއާ ވާހަކަނުދައްކާ އެތަކެއްް އަހަރެއްވަންދެން ހުރިއިރު، މދިެތަރިން އަލުން ސުލްހަކުރުވާފައިވާ އައިޝްވާރިޔާ އާއި އަބީޝެކް ބައްޗަން ކައިވެނިކުރި ފަހުން އޭނަ އެވެ.