މާރާމާރީ ހިންގުން

މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފި

Nov 5, 2016

ދުވަސްތަކަކަށް ފަހު މިރޭ މާލޭގައި މާރާމާރީ ހިންގައި މީހެއްގެ ބޯ ފަޅާލައިފި އެވެ. ފުލުހުން ބުނީ މިރޭގެ އެ މާރާމާރީ ހިނގާފައި ވަނީ މާފަންނުގައި ކަމަށާއި ދަނގަނޑުކެނޑި ގޯޅީގައި ހިންގި އެ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކުރުމުން އެކަން ބަލަމުން އަންނަ ކަމަށެވެ.

މި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މިރޭގެ އެ މާރާމާރީއަކީ ކިހާ ސީރިއަސް މާރާމީއެއް ކަމެއް ވެސް އަދި ބޯ ފަޅައިގެން ދިޔަ މީހާއަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ވެސް ލިބިފައެއް ނުވެއެވެ.

މާލޭގައި މިފަދަ މާރާމާރީއެއް ނުހިނގާތާ ވަނީ ދުވަސްތަކެއް ވެފައެވެ.