ރިޕޯޓް

ޕުލްމޭރިޔާ: އަރާމުކޮށްލަން މިވަރެއް ނެތް!

  • ތިނަދޫގައި ދެ ޕްރޮޕަޓީއެއް ހިންގާ
  • އެންމެ މަތީ ފެންވަރުގެ ހިދުމަތް ދޭ
  • ރަށަށް ގިނަ އެހީތަކެއް ދެމުން ގެންދޭ

ވ. އަތޮޅަކީ ރީތި ކަމަށް މަޝްހޫރު ނަލަ އަތޮޅެކެވެ. އަދި މާލެއިން ފުރައިގެން ސްޕީޑް ލޯންޗުގައި 1:20 މިނެޓުގެ ރާސްތާގައި އޮންނަ ތިނަދޫއަކީ މި އަތޮޅުގެ ހިތް ގައިމު އެއް ރަށެވެ. އާބާދީގައި 30 ހަކަށް މީހުން އުޅޭ، މި ރަށަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ޕުލްމޭރިޔާ ގެސްޓް ހައުސް އެވެ. ތިނަދޫގައި ޕުލްމޭރިޔާ އިން ދެ ގެސްޓް ހައުސްއެއް ހިންގަ އެވެ. އެއީ "ޕުލްމޭރިޔާ ބުޓީކް" އާއި "ޕުލްމޭރިޔާ ސީވިއު" އެވެ. ޕުލްމޭރިޔާ ގެސްޓްހައުސް އަކީ ހިދުމަތް ދިނުމުގައި ދެވަނަ އެއް ނެތް، އަރާމުކޮށްލަން އެންމެ ހިތްގައިމު އެއް ތަނެވެ. ގެސްޓް ހައުސްއެކޭ ބުންޏަސް އަސްލު މިއީ ހަމަ ކުޑަވަރެއްގެ ރިސޯޓެކެވެ.

"މަގުސަދަކީ އެކަށީގެންވާ އަގެއްގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދިނުން. މަސައްކަތް ކުރަނީ މިތަނަށް އަންނަ ކޮންމެ މީހަކު ވެސް އުފަލާއެކު ދިއުން. އެކަން އަޅުގަނޑުމެންނަށް ހާސިލްވަމުން ދަނީ،" ޕުލްމޭރިޔާގެ އެކްޓިން މެނޭޖަރު އިބްރާހިމް ރަފީއު ވިދާޅުވި އެވެ.

ގާތްގަނޑަކަށް ނުވަ ހެކްޓަރުގެ ތިނަދޫގައި ޕުލްމޭރިޔާ އިން ދެމުން ގެންދަނީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކެވެ. "ލަގްޒަރީ އެފޯޑަބަލް" ޕުލްމޭރިޔާ ބުޓީކުގައި 21 ކޮޓަރި ހުރެ އެވެ. އަދި ޕުލްމޭރިޔާ ސީވިއުގައި 27 ކޮޓަރި ހުރެ އެވެ. މި ތަނަށް އަންނަ މީހުންނަށް ހިދުމަތް ދިނުމަށް 75 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ވެސް އުޅެ އެވެ. މިހާރު ޕުލްމޭރިޔާގެ ދެ ގެސްޓްހައުސްގައި ޖުމްލަ 48 ކޮޓަރި އެބަހުއްޓެވެ. އަދި މިހާރު އިތުރު 16 ކޮޓަރިއެއް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ. މީގެއިތުރުން ޕުލްމޭރިޔާ އިން ތިނަދޫގައި، ޑައިވިން އެންޑް ވޯޓާ ސްޕޯސް ސެންޓަރެއް ހިންގަ އެވެ. އަދި ކުރި އަށް އޮތް ދެ މަސް ތެރޭގައި ޕުލްމޭރިޔާ ސްޕާ އާއި ޖިމް ވެސް ހުޅުވުމަކީ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމެކެވެ.

ހިދުމަތް ދިނުން ހިނިތުންވުމާއެކު

ޕުލްމޭރިޔާގެ ގެސްޓްހައުސްގައި މަސައްކަތް ކުރާ މުވައްޒަފުން ހިދުމަތް ދެނީ ހިނިތުންވުމާއެކުގަ އެވެ. މި ތަނުގައި ޗުއްޓީ ހޭދަ ކުރަންދާ މީހަކަށް ނުވަތަ ބަޔަކަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ތަކެއް އެންމެ ފުރިހަމަ އަށް ލިބެން ހުރެ އެވެ. ގެސްޓްހައުސްގެ ކޮޓަރީގައި ކުޑަ އައިސް އަލަމާރިއެއްގެ ނުވަތަ އާއްމު ބަހުންނަމަ "މިނީ ބާއެއް" ހުރެ އެވެ. މި ކުޑަ އައިސް އަލަމާރި ބަރުކޮށްފައި ހުންނަނީ ސޮފްޓް ޑްރިންކާއި ބަދަން ޕެކެޓާއި ޗިޕްސް ދަޅުގެ އިތުރުން ލުއި ކާނާއިންނެވެ. މީގެ އިތުރުން ވަގުތުން ކޮފީ އާއި ސައި ކޮޓަރީގެ ތެރޭގައި ތިބެ ތައްޔާރު ކޮށްލަން ބޭނުންވާ ސާމާނު ކޮޓަރީގައި ހަމައަށް ހުރުމަކީ ހިދުމަތް އިތުރަށް ފުރިހަމަވާ ކަމެކެވެ. އަދި ގެސްޓްހައުސްގައި ހުންނަ ކުޑަ ނަމަވެސް ހިތް ގައިމު ސުވިމިން ޕޫލުގެ ސަބަބުން އިތުރަށް ފުރިހަމަ ކޮށްދެ އެވެ. ޕޫލުން ފެން ފައިބާ އަޑަކީ ސިކުނޑިއަށް އެންމެ ބޮޑު އެއް އަރާމެވެ.

ކެއުންތައް ވަރަށް މީރު

ޕުލްމޭރިޔާ ހަމައެކަނި ހާއްސަ ވަނީ ގެސްޓް ހައުސްގެ ހިދުމަތްތަކުން އެކަންޏެއް ވެސް ނޫނެވެ. މި ތަނުގައި ލިބެން ހުރި ކެއުންތައް ވެސް އެހާމެ މީރެވެ. ހެނދުނުގެ ސަޔަށް ހެޔޮވަރުގެ ބުފޭއެއް ތައްޔާރު ކުރެ އެވެ. މި ބުފޭގައި ދިވެހިން އާއްމުކޮށް ކައިއުޅޭ ރޮއްޓާއި މަސް ހުނި ހުރެ އެވެ. މި ބުފޭ ފައްކާ ކޮށްފައި ހުންނަނީ ހަމައެކަނި ދިވެހި ރަހަ ތަކުން އެކަންޏެއް ވެސް ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގެ މީހުންނަށް ކަމުދާ ކެއުންތައް ވެސް މި ތަނުގައި ލިބެން ހުރެ އެވެ. އަދި މި ވަރުން ނިމުނީ އެއް ވެސް ނޫނެވެ. ޕުލްމޭރިޔާގައި ހުންނަ "ޖޫސްބާ" ނުވަތަ ކައުންޓަރު ފާހަގަ ނުކޮށް ދޫކޮށް ނުލެވޭނެ އެވެ. މި ތަނުން ތަފާތު ތާޒާ ބުއިންތައް ވަގުތުން ތައްޔާރު ކޮށްދެ އެވެ. އަދި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާ މީހުންނަށް ހާއްސަކޮށްގެން އަތިރި މައްޗަށްވާ ގޮތަށް، ކަނޑުން އަރައިގެން އަންނަ ސާފު ބީހޭ ހިސާބުގައި ބޮޑު ބުފޭއެއް ކޮންމެ ރެއަކު ތައްޔާރު ކުރެ އެވެ. ރޭގަނޑުގެ މި ނާސްތާގައި ފިހުނު މަހާއި ޕާސްތާ އަދި އޭޝިޔާގެ މީރު ކެއުންތަކުގެ އިތުރުން އިންޓަނޭޝަނަލް ފުޑް ނަން ހުސްކޮށް ހުރެ އެވެ.

ރަށުގެ ބެލެނިވެރިއަކީ ޕުލްމޭރިޔާ

ޕުލްމޭރިޔާ އިން ހަމައެކަނި ތިނަދޫގައި ގެސްޓް ހައުސް ހިންގަނީ އެކަންޏެއް ނޫނެވެ. މި ރަށް ސާފުކޮށް ބެލެހެއްޓުމާއި މިނޫން ވެސް މަސައްކަތްތަކުގައި ޕުލްމޭރިޔާގެ ދައުރު ވަރަށް ބޮޑެވެ. ތިނަދޫ ރީތިކޮށް ބޭއްވުމާއި، ރަށް ގިރުން ފަދަ ކަންކަމަށް ހައްލު ގެނެސްދިނުމުގައި ޕުލްމޭރިޔާ އިން ބުރަކޮށް މަސައްކަތް ކުރެ އެވެ. މިގޮތުން ތިނަދޫގެ ބީޗުގެ ބޮޑު ބައެއް ބަލަހައްޓަނީ ވެސް މި ގެސްޓްހައުސް އިންނެވެ.

މެނޭޖަރު ރަފީއު ވިދާޅުވީ ޕުލްމޭރިޔާގެ މުވައްޒަފުން ކޮންމެ މަހަކު ބީޗު ސާފު ކުރާނެ ކަމަށެވެ.

"މި ރަށުގެ ބޮޑު ބައެއް މަހަކު ދެ ފަހަރު ސާފުކުރާނެ މުވައްޒަފުން. ގޮނޑު ބަލަހައްޓައި މެނޭޖުކުރާނީ ވެސް އަޅުގަނޑުމެން،" ރަފީއު ވިދާޅުވި އެވެ.

ޕުލްމޭރިޔާގެ މި ފުރިހަމަ ހިދުމަތް ހޯދުމަށް ދުނިޔޭގެ އެކި ހިސާބު ތަކުން މީހުން ޒިޔާރަތް ކުރެ އެވެ. މި ގޮތުން ޗެކް ރިޕަބްލިކާއި ރަޝިޔާ އަދި ޗައިނާ އިން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން މިތަނަށް އާދެ އެވެ. ހިދުމަތް ދިނުމުގައި އެންމެ މަތީ ފެންވަރުގެ މި ޕުލްމޭރިޔާއަކީ އަރާމުކޮށްލަން ދާން ދެވަނައެއް ނެތް ތަނެކޭ ނުބުނެވޭނެ ހެއްޔެވެ؟